Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު އަލުން ފެށުން

ސަރުކާރުގެ ހުއްދަ އާއެކު ޖޫން 20 ގައި އިޓާލިއަން ލީގު ފަށަން ނިންމައިފި

ޖޫން 13 ގައި އިޓާލިއަން ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މެއި 2020 | ބުރާސްފަތި 18:43
އިޓާލިއަން ލީގުގައި ލާޒިއޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ލާޒިއޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

އިޓަލީގެ ސަރުކާރުގެ ހުއްދަ އާއެކު އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

އިޓާލިއަން ލީގު އަލުން ފެށުމާމެދު ސަރުކާރުން ވަކި ގޮތެއް ކަނޑައަޅެޅުމަށް ބުރާސްފަތި ދުވަހު ކްލަބުތަކުން ވަނީ އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ އާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވަނީ އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން ނިންމާފައެވެ. އަދި އޭގެ ކުރިން ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ވެސް ވަނީ ތާވަލު ކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމަށްފަހު އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވީ ފުޓްބޯޅަ އަލުން ފަށަން ނިންމީ ހާއްސަ އުސޫލުތަކެއް ކަނޑައެޅުމަށްފަހު ކަމަށެވެ. އަދި ފުޓްބޯޅަ އަލުން ފެށުމާ ގުޅޭ ގޮތުން އިޓަލީގެ ބޮޑު ވަޒީރު ޖިސެއްޕޭ ކޮންޓޭއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި، ސަރުކާރުން މިކަމަށް ފުރިހަމަ އަށް ތާއީދު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށާއިރު، އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނިންމަން މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ.

އީޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއަލީ ގްރަވީނާ އާއި ލެގާ ސެރިއާގެ ރައީސް ޕައޯލޯ ދަލް ޕީނޯ އަދި ލީގުގެ ހިއްސާދާރުންނާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ވަނީ މި ސީޒަން އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނިންމާ، އަންނަ ސީޒަން ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށަން ނިންމާފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން ތާވަލުކުރިއިރު، އިޓާލިއަން ލީގުގެ ކްލަބުތަކުން ކުޅުންތެރިން ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. އެގޮތުން މިހާތަނަށް ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު