Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 21:51
އިންފްލުއެންޒާ ވެކްސިން ޖެހުމަށް ކިއުގައި ޖެހިގެން
އިންފްލުއެންޒާ ވެކްސިން ޖެހުމަށް ކިއުގައި ޖެހިގެން
އަޝްވާ ފަހީމް
އިންފްލުއެންޒާ ވެކްސިން
ރާއްޖެއަށް 170،000 އަށް ވުރެ ގިނަ އިންފްލުއެންޒާ ވެކްސިން ވަނީ ގެެނެސްފަ: އެޗްޕީއޭ
އަތޮޅު ތެރެއަށް 54،000 ވެކްސިން ފޮނުވާފައިވޭ
65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް 750 ވެކްސިން ސިއްހަތު ޖަމިއްޔާއިން ހަދިޔާކޮށްފައިވޭ
ވެކްސިން އާއްމުކޮށް އެންމެންނަށް ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގައި ފެތުރެމުންދިޔަ ރޯގާއާ ގުޅިގެން މިއަހަރުގެ މިހާތަނަށް 170،000 (އެއް ލައްކަ ހަތްދިހާސް) އަށް ވުރެ ގިނަ އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވީ، މަރޗު މަހު އައުޓް ބްރޭކް ލެވެލްގައި ރާއްޖޭގައި ރޯގާ ފެތުރެމުންދިޔަ ނަމަވެސް މިހާރު އާންމު ހާލަތަކަށް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގައި އަބަދު ވެސް އަރިދަފުސްރޯގާ އާއި އިންފްލުއެންޒާގެ ބަލިތަކާއި ވައިރަލް ރޯގާ ފެތުރެމުންދާ ކަމަށާއި އެހެން ނަމަވެސް އިންފްލުއެންޒާ ވެކްސިން ކުރިން ދެމުން ގެންދިޔައީ ހަމައެކަނި ހައްޖަށް އަދި އުމްރާއަށް ދާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަވަސް މުއްދަތެއްގެ ތެރޭގައި، އާއްމުންނަށް ކޮންމެ އިރަކު އައިސް ޖެހޭނެ ވެކްސިންއަކަށް އިންފްލުއެންޒާ ވެކްސިން ހަދާނެ ކަމަށް ޝީޒާ ވިދާޅުވި އެވެ.

"އިންފްލުއެންޒާ ރޯގާއާ ގުޅިގެން 171،826 ވެކްސިން ޖަހާފަވާ ކަމަށާއި އެގޮތުން މިވި ދުވަސްތަކުގައި އަތޮޅުތަކަށް އެކަނި 54،000 ވެކްސިން ފޮނުވާފަ ވާނެ ކަމަށެވެ" ޝީޒާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން އިންފްލުއެންޒާ އެޗްވަންއެންވަންއަށް 769 މީހުން ޓެސްޓްކޮށްފައިވާ އިރު 261 މީހުން ޕޮސިޓިވް ވެފަ އެވެ. އެގޮތުން އެންމެ ފަހުން އެ ބައްޔަށް ޓެސްޓް ކުރި 25 މީހުންގެ ތެރެއިން 6 މީހުން ޕޮސިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާ އެޗްވަންއެންވަން ފަދަ ބަލިތަކަކީ އެއްކޮށް ނައްތާލެވޭނެ ބައްޔެއް ނޫން ކަމަށާއި އެފަދަ ބަލިތަކަކީ އަބަދުވެސް ފެންނާނެ ބަލިތައް ކަމަށެވެ. އެހެން ނަމަވެސް ބަލި ފެތުރޭ މިންވަރު މިހާރު އާއްމު ހާލަތަށް ގޮސްފައިވާކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 6 މީހުން މަރުވެފަވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް