Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީގެ އީޒްޑައުން: ފޭސް އެކެއް

ބޭރަށް ނިކުތުމުގެ ހުއްދަ ދޭނީ ފުލުހުން، ވިޔަފާރީގެ ހުއްދަތައް ސިޓީ ކައުންސިލުން

28 މެއި 2020 | ބުރާސްފަތި 17:48

ކުރިން ހުރިހާ ހުއްދަތަކެއް ދޫކުރަމުން އައީ ފުލުހުން

އަމަން ހަލީމް
އަމަން ހަލީމް | 28 މެއި 2020 | ބުރާސްފަތި 17:48
މާލެ ފުރަބަންދުގައި ފުލުހުން ހަރަކާތްތެރިވަނީ: އާންމުން ބޭރަށް ނިކުންނަން ބޭނުންވާ ހުއްދަ ދޫކުރާނީ ފުލުހުން

މާލެ ފުރަބަންދުގައި ފުލުހުން ހަރަކާތްތެރިވަނީ: އާންމުން ބޭރަށް ނިކުންނަން ބޭނުންވާ ހުއްދަ ދޫކުރާނީ ފުލުހުން

ބޭރަށް ނިކުންނަށް ފަރާތްތަކަށް ހުއްދަ ދޫކުރުމުގައި އަދިވެސް ހަރަކާތްތެރިވާނީ ފުލުހުން ކަމަށާއި، ވިޔަފާރީގެ ހުއްދަތައް ދޫކުރުމުގައި ހަރަކާތްތެރިވާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ފުރަބަންދަށް ދީފައިވާ ލުއިތަކާއި ގުޅިގެން ބޭނުންވާ ހުއްދަތައް ދޫކުރުމުގެ އިންތިޒާމްތަކަށް އައިސްފައިވާ ބަދަލުތައް ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ބުރާސްފަތި ދުވަހުގެރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ވިޔަފާރިތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެދި ހުށައަޅަން ޖެހޭނީ މިކަމަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓު ގައި، ހުންނަ ޕޯޓަލް އަށެވެ. ހުއްދަތަކަށް އެދި ސިޓީ ކައުންސިލަށް ހުށައެޅި ކަމުގައިވީ ނަމަވެސް، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ހުއްދަ ދޭނީ ފުލުހުންނެވެ.

ވިޔަފާރިތަކަށް ހުއްދަ ދިނުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބަލާނެ އެވެ. ސަރުކާރުގެ ފަރާތުން ފުރަބަންދަށް ދިން ލުއިތަކުގެ ތެރޭގައި، ބޭކަރި އަދި ބުކްޝޮޕް ފަދަ ވިޔަފާރިތައް ހުޅުވުމުގެ ފުރުސަތު ދީފައިވާއިރު، ބައެއް ކަހަލަ ކަންކަމަށް އަމަލުކުރަން ޝަރުތުކޮށްފައި ވެއެވެ.

ބޭރަށް ނިކުމެ އުޅުމުގައި އާންމުންނަށް ދެވުނު ލުއިތަކާއެކު، ކޮންމެ ގޭބިސީއަކުން ތިން މީހަކަށް ދެ ގަޑިއިރު ބޭރުގައި އުޅެވޭނެ އެވެ. ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރ އަބްދުﷲ ފައިރޫޝް ވިދާޅުވީ، ހުކުރު ދުވަހުގެ 00:00ން ފެށިގެން ރަޖިސްޓްރީ ކުރަން ޕޯޓަލް ހުޅުވާލާނެ ކަމަށެވެ.

އަލުން ރެޖިސްޓްރީ ކުރަން ހުޅުވާލި ނަމަވެސް، ކުރިން ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ހުއްދަ ބާތިލު ނުވާނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ފައިރޫޝް ވިދާޅުވީ، 31،000 ގޭބިސީއަކުން ބޭރަށް ނިކުތުމުގެ ހުއްދަ އަށް އެދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބޭރަށް ނިކުތުމުގެ ހުއްދަ ދެވޭ ގަޑިތަކާއި ގުޅޭގޮތުން ފައިރޫޝް ވިދާޅުވީ، ހުއްދަ އަށް އެދޭއިރު ބޭނުންވާ ގަޑިތައް ނުލިބިދާނެ ކަމަށެވެ. ފައިރޫޝް ވިދާޅުވީ، ގަޑި ހަމަޖެހިގެންދަނީ ރެންޑަމް ކޮށް ކަމަށާއި، ބޭނުންވެލައްވާ ގަޑި އަށް ފަހަރުގައި ހުއްދަ ނުލިބިދާނެ ކަމަށެވެ. ނަމަވެސް އެއް ވަގުތެއް ތަކުރާރު ނުވާ ގޮތަށް، ގޭބިސީތަކަށް ހުއްދަ ދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް