Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހުއަކީ އިގްތިޞާދީ ތަޖުރިބާކާރެއް

ރައީސް ޞާލިޙަކީ އިޤުތިޞާދީ ތަޖުރިބާކާރެއް، އިޤުތިޞާދު ހަލާކުވާކަށް ފުރުސަތެއް ނުދެއްވާނެ: އާޒިމް

ރައީސް ޞާލިހު އަކީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ބަޖެޓް ދިރާސާކޮށް، އިގްތިޞާދު ދިރާސާ ކުރެއްވުމުގައި އުޅުއްވި ތަޖުރިބާ ކާރު ބޭފުޅެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 މެއި 2020 | ބުރާސްފަތި 07:25
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް އަދި ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން: ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރާއެކު މަޖި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް އަދި ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން: ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރާއެކު މަޖި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިޤުތިޞާދީ ތަޖުރިބާކާރެއް ކަމަށާއި ރާއްޖޭގެ އިޤުތިޞާދު ހަލާކުވާން ފުރުޞަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ، ކޮވިޑް-19 ރޯގާއާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހިފައި ވާތީ، މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ނެވެ. އާޒިމް ވިދާޅުވީ، އިދިކޮޅު ޕީޕީއެމް މެންބަރުން ހަމަ ފުރުޞަތެއް ލިބޭއިރަށް، އިޤުތިޞާދު ހަލާކުވެއްޖެޔޭ، ރައްޔިތުން ނިކަމެތި ވެއްޖެޔޭ ވިދާޅު، ޖަލުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައްވަމުން ދާއިރު، އިޤުތިޞާދު ހަލާކުކޮށް، ރައްޔިތުންގެ ނިކަމެތިކުރީ ރައީސް ޔާމީން ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ރައީސް ޞާލިޙަކީ ރާއްޖޭގެ އިޤުތިޞާދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅާ ކަމަށާއި ރައީސް ޞާލިޙު ރާއްޖޭގެ ބަޖެޓާއި އިޤުތިޞާދު ދިރާސާ ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަ ކުރައްވައިފި ކަމަށެވެ. އެހެންކަމުން މިރާއްޖޭގެ އިޤުތިޞާދު ހަލާކުވިޔަ ދޭން ރައީސް ޞާލިޙު ދޫނުކުރައްވާނެ ކަމަށާއި، ރާއްޖޭގެ ވެރިކަންކުރަން ރައީސް ޞާލިޙަށް ވުރެ ވަކި ތަޖުރިބާކާރު ބޭފުޅެއް ދެން މިރާއްޖެ އަކު ނެތް ކަމަށް ވިދާޅުވެ، އާޒިމް ވަނީ އިދިކޮޅު ޕީޕީއެމް މެންބަރު ދެއްކެވި ވަރަށް ގިނަ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

އެންމެ ފަސް އަހަރު އިކޮނޮމިކް މިނިސްޓަރުކަން ކުރައްވަން ފުރުޞަތު ލިބިލެއްވުމުން، މާބޮޑު އިޤުތިޞާދީ ބޭފުޅަކަށް ވެވަަޑައިގެން، އުޅުއްވާ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދަށް ވެސް ބަހުގެ ޙަމަލާތަކެއް އާޒިމް ވަނީ ދެއްވާފަ އެވެ.

ރައީސް ޞާލިޙު ފިއްލަވައިގެން އުޅުއްވާ ކަމަށް ޕީޕީއެމްގެ މެންބަރުން ވިދާޅުވާތީ، އާޒިމް ވިދާޅުވީ، މިވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރައީސް ޞާލިޙޫ ރައްޔިތުންނާ މުޚާޠަބު ކުރައްވާ އުއްމީދީ މެސެޖްތަކެއް ދެއްވާފައިވާ ކަމަށެވެ. އަދި ސަރުކާރަށް ނިޞްބަތްވާ އެމްޑީޕީގެ މެންބަރުން މަޖިލީސް ހިންގައި، މި ޙާލަތުގައި ވެސް މަޖިލީސް މި ހިންގަނީ ރައްޔިތުންނަށް ކަންކަން އޮޅުފިލުވާދެއްވުމާއި، ރައްޔިތުންނަށް އުއްމީދުތަކެއް ދިނުމުގެ ގޮތުން ކަމަށެވެ.

އާޒިމް ވިދާޅުވީ، ރާއްޖެ މިހާރު މިއޮތް ޙާލަތުން އަރައިގަނެ، "ރިބިލްޑް" ކޮށްފަ މިރާއްޖޭގެ ޙާލަތު މާ ރަނގަޅަށް، މާ ތަނަވަސްކޮށް ދައްކަ ދެއްވާނެ ކަމަށެވެ. އެކަމުގެ ހުނަރާއި ފަންނުވެރި ބޭފުޅުން މި ސަރުކާރާއި އެމްޑީޕީގައި އެބަތިއްބެވި ކަމަށާއި، މި ސަރުކާރާއި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ އަދި ކުރިއަތް އޮތްތާނގައި ކުރާނީވެސް ދިވެހި ޤައުމާއި ލޮބޮވެތި ރައްޔިތުންގެ ޙައްޤުގައި ކަމަށާއި، ރާއްޖޭގެ އިޤުތިޞާދު ކޮޅަށްޖަހައި، ބާރު ދުވެލީގައި ކުރިއަށްދާތަން ރައްޔިތުންނަށް ކުރިއަށް އޮތްތާނގައި ފެންނާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރައީސް ޔާމީނަކީ ރައީސްކަން ކުރެއްވި ބޭފުޅަކަށްވާތީ، އެމަނިކުފާނު ވެސް މި ޤައުމުގައި ރީތި ދިރިއުޅުއްވުމެއް އުޅުއްވާތަން ދެކެން ބޭނުންވާ ކަމަށެވެ. ނަމަވެސް، ދައުލަތުގެ ބައިތުލްމާލުން ބޮޑެތި ވައްކަންތަކެއްކޮށް ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެ، ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދިން ވެރިޔަކު މިނިވަން ކުރެވޭޭނެ ގޮތެއް ނުވިސްނޭ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު