Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޒަކިއްޓެ އަށް ފާޑުކިޔުން

އަލީ ރަމީޒުގެ ލަވަ ތަކަކީ ކޮޕީއެއް ކަމަށް ބުނެ 'ޒަކިއްޓެ' ކުރި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެ

ޒަކިއްޓެގެ ޕޯސްޓަށް ފާޑުކިޔާ ގިނަ ބަޔަކު އެ ޝެއަރ ކުރި

އައިޝަތު ޝާން
އައިޝަތު ޝާން | 27 މެއި 2020 | ބުދަ 16:59
ލަވަ ކިޔުންތެރިޔާ ހުސެއިން އިރުފާން ( ޒަކިއްޓެ)

ލަވަ ކިޔުންތެރިޔާ ހުސެއިން އިރުފާން ( ޒަކިއްޓެ)

މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން (ޒަކިއްޓެ) އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޒަކިއްޓެ އަށް މީސް މީޑިއާގައި ފާޑުކިޔާފައި ވަނީ އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި އަލީ ރަމީޒް ގެ ލަވަތަކަކީ %80 ކޮޕީ ލަވަތައް ކަމަށް ބުނުމުންނެވެ.

ޒަކިއްޓެ މި ޕޯސްޓު ކުރުމާއެކު ޕޯސްޓު ޝެއަރކޮށް ޕޯސްޓަށް ގިނަ ބަޔަކު ވަނީ އޭނާ އާ ދެކޮޅަށް ކޮމެންޓު ކޮށްފަ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ޒަކިއްޓެ ވަނީ ޕޯސްޓު ވެސް ފޮހެލާފަ އެވެ.

ޕޯސްޓު ފޮހެލުމަށް ފަހު ޒަކިއްޓެ ދެން ކުރި ޕޯސްޓުގައި ބުނެފައިވަނީ އެނާ އެ ޕޯސްޓު ފޮހެލީ ނޮޓިފިކޭޝަން ތައް އަންނަ ވަރުން އޭނާ އަށް އުނދަގޫވާން ފެށުމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފާޑު ކިއުމުގެ ތެރޭގައި އޭނާގެ ޒާތީ ކަންތަކަށް ބަސް ބުނެފައިވާ ކަމަށްވެސް އެ ޕޯސްޓުގައި އޭނާ ބުނެފައި ވެއެވެ. މި ޕޯސްޓު ވެސް މިހާރު ވަނީ ފޮހެލާފަ އެވެ.

މިއުޒިކާއި ލަވައާ ދުރަށް އަލީ ރަމީޒް ޖެހުނަސް ދިވެހިންގެ ތެރޭގައި އުފެދުނު އެންމެ ކުޅަދާނަ، އެންމެ މަގުބޫލު ލަވަކިޔުންތެރިޔަކީ އަދިވެސް އޭނާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
19 ފެބުރުއަރީ 2017

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
09 ފެބުރުއަރީ 2017

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު