Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޖަލްސާ އެއް މިރޭ

ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަން މިރޭ ޖަލްސާ އެއް ބާއްވަނީ

ކައުންސިލްތަކުގެ މުއްދަތު އިތުރު ކުރުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވަނީ ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މެއި 2020 | ބުދަ 10:02
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މިހާރު ރައްޔިތުންގެ މަޖިލީހުގައި ބަހުޘް ކުރަމުންދާ ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ޤާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލުގެ ބަހުޘް ކުރިއަށް ގެންދިއުމަށް ބުދަ ދުވަހުގެ ރޭ 9 ޖަހާއިރު ޖަލްސާ އެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިހަފުތާގައި ބާއްވަމުންދާ ޖަލްސާތަކުގައި ކުރިޔަށް ދަނީ ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުޘެވެ. މިބިލަށް މިހާތަނަށް އައިއިރު ގިނަ މެންބަރުންތަކެއް ބަހުޘް ކުރައްވާފައި ވާއިރު މި ދަނޑިވަޅުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާމެދު ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުން މި ޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙެއް ނުގެނެވޭނެ އެވެ. ނަމަވެސް އަނެއް ބައި މެންބަރުން ވިދާޅުވަމުން ގެންދަވަނީ މި ޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ ކުރެވޭނެކަމެއް ކަމަށެވެ.

މެންބަރުންގެ މެދުގައި މިކަމުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައި ވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ދެން ލަފައަކަށް އެހެން އޮތީ ސުޕްރީމް ކޯޓުން ކަމަށް މަޖިލީހުގެ ރައީސް އަދި ރައީސް މުޙައްމަދު ނަޝީދު ވަނީ ބުދަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ މެންބަރުން ޤާނޫނުގައި ބުނެފައިވާ ގޮތަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ބިލަށް ބަހުޘް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި ބަހުޘް ކުރައްވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރ ޢަބްދުލް ޣަފޫރު މޫސާ ވަނީ މިކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ހުށަހަޅުއްވާފަ އެވެ.

މީގެ އިތުރުން ބުދަ ދުވަހުގެ ޖަލްސާ އަށް ވަނީ ކޮމެޓީން ހުށަހަޅާ ކަންކަމުގެ ދަށުން ތިން ރިޕޯޓެއް ހުށަހެޅުމަށް ވަނީ އެޖެންޑާ ކުރެވިފަ އެވެ. އެގޮތުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލު 2020" ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާ ފައިވާ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު