Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާގައި ލުއި ދިނުން

މައްކާ ފިޔަވައި އެހެން ސަރަހައްދުތަކުގެ މިސްކިތްތައް ހުޅުވުމަށްފަހު އަމަލުކުރާނެ އުސޫލު ސައުދީން އާންމު ކޮށްފި

26 މެއި 2020 | އަންގާރަ 23:22

މައްކާއަށް ދިއުމުގެ ހުއްދައެއް ނުލިބޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 26 މެއި 2020 | އަންގާރަ 23:22
ސައުދީ އަރަބިއްޔާގެ، ރިޔާދު ޝޮޕިން މޯލް ކައިރީގައި ކިއު ހަދާގެން

ސައުދީ އަރަބިއްޔާގެ، ރިޔާދު ޝޮޕިން މޯލް ކައިރީގައި ކިއު ހަދާގެން

މައްކާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަކި ހާއްސަ ގަވާއިދުތަކެއް ސައުދީ އަރަބިއްޔާއިން އެކުލަވާލައިފިއެވެ.

ސައޫދީ ގެޒެޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، އެކި ފިޔަވައްސައް ބަހާލައިގެން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މައްކާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދުކުރުމަށް އެގައުމުގެ އިސްލާމިކް މިނިސްޓްރީން ވަނީ ގަވާއިދުތަކެއް ހަދާފައެވެ.

މިކަމާއި ގުޅިގެން، އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ މިސްކިތްތަކެއްގެ މަސައްކަތް ކުރާ މުވައްޒަފުން އަމަލުކުރާނެ ގޮތުގެ ސާރކިއުލާއެއް ފޮނުވާފައެވެ. ސާރކިއުލާގައި ވާގޮތުން، މިސްކިތްތައް ހުޅުވުމަށް ހުއްދަ ދީފައިވަނީ ބަންގި ގޮވުމުގެ 10 މިނެޓު ކުރިންނެވެ. އަދި ނަމާދު ނިމުމަށްފަހު 10 މިނިޓެ ފަހުން މިސްކިތްތައް އަލުން ބަަންދުކުރަންޖެހޭއިރު، މިސްކިތަށް ވަނުމަށްފަހު ނަމާދު ނިމެންދެން ހުރިހާ ދޮރުތައް ހުންނަން ޖެހޭނީ ހުޅުވާފައިކަމަށް އަންގާފައިވެއެވެ. އަދި މި ވަގުތައް ހުރިހާ ހަތިމްތަކާއި ފޮތްތައް މިސްކިތުގައި ނުބެހެއްޓުމާއި ޖަމާއަތުގައި ނަމާދަށް ސަފު ހަދާއިރު ކޮންމެ މީހެއްގެ 2 މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، މިސްކިތްތައް ހުޅުވަން ނިންމާފައިވާއިރު ފެން ބެހުމާއި މިސްކިތުގައި ވުޟޫކުރާތަަންތަން ބަންދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހުކުރު ދުވަހު އަމަލުކުރުމަށް ވަކި ހާއްސަ އުސޫލެއް ކަނޑައަޅާފައިވާއިރު، މިސްކިތްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހުކުރު ވަގުތުގެ 20 މިނެޓު ކުރިންނެވެ. އަދި ހުކުރަށް ފަހު 20 މިނެޓު ފަަހުން މިސްކިތްތައް ބަންދުކުރަން ޖެހެއެވެ. ހުކުރު ނަމާދުގެ ދިގުމިން 15 މިނެޓަށް ވުރެ ދިގު ނުކުރުމަށްވެސް ސައުދީ އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ކޯސްތައް ހިންގުމާއި، ދަރުސް ދިނުން އަދި މިސްކިތުގައި ގުރުއާން ކިޔެވަން ތިބުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގާފައެވެ. އަދި ހާލަތު ބަދަލުވުމުން، މި ކަންތައްތަކަށް ފުރުސަތު ދެވިގެން ދާނެކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މިނިސްޓްރީން ވަނީ އިމާމުންނަށް، ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން، ނަމާދަށް އަންނައިރު މާސްކް އަޅައިގެން އައުމަށާއި، ގެއިން އަންނައިރު މުސައްލައެއް ގެނުމަށާއި 15 އަހަރުން ދަށުގެ ކުދިން މިސްކިތްތަކަށް ނުގެނައުމަށް ވަނީ އަންގާފައެވެ. އަދި ގެއިން ވުޟޫކޮށްގެން އައުމުގެ އިތުރުން މިސްކިތަށް އައިސް އެއްވެ ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، މެއި މަހުގެ 30ން ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދެވަނަ ފިޔަވަހީގައި ދޫކުރުމަށް ނިންމާފައިވާ ހުރިހާ ހުއްދަތަކެއް ދޫކުރާނެ އެވެ. އެގޮތުން، މައްކާ ފިޔަވައި އެހެން ހުރިހާ ހިސާބަކަށް ހެނދުނު 6:00ން ރޭގަނޑު 8:00ށް ބޭރަށް ނުކުމެ އުޅުމާއި، ދަތުރު ކުރުމުގެ ހުއްދަ ދޭނެއެވެ. އަދި މިސްކިތްތަކުގައި ނަމާދު ކުރުމާއި، ހުކުރު ނަމާދު ކުރުމުގެ ހުއްދަ ވެސް ދޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
14 ނޮވެމްބަރު 2017

އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ފިޔަވަޅު އަޅާނަން: ފްރީޑަމް ޕާޓީ

14 ނޮވެމްބަރު 2017
އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ފިޔަވަޅު އަޅާނަން: ފްރީޑަމް ޕާޓީ
31 އޯގަސްޓު 2017

މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު

31 އޯގަސްޓު 2017
މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު
21 އޯގަސްޓު 2017

މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި

21 އޯގަސްޓު 2017
މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި
23 ޖޫން 2017

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
11 ޖޫން 2017

އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި

11 ޖޫން 2017
އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި
05 ޖޫން 2017

މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި

05 ޖޫން 2017
މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި
24 މެއި 2017

މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ

24 މެއި 2017
މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ
28 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް