Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަރުދީ ޒިންމާ އަދާކުރައްވާ

ފަރުދީ ޒިންމާ އަދާކުރުމަށް އައްޒަ އާއި އައިންތު ދިން މެސެޖް ރައްޔިތުން ބަލައިގެންފި

24 ގަޑިއިރު ނުވަނީސް 70،000 އަށް ވުރެ ގިނަ މީހުން ބަލާފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 މެއި 2020 | އަންގާރަ 12:13
މަރިޔަމް އައްޒަ އާއި އައިމިނަތު ރަޝީދާ

މަރިޔަމް އައްޒަ އާއި އައިމިނަތު ރަޝީދާ

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާއިރު ފަރުދީ ޒިންމާ އަދާކުރުމާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށްޓަކައި ޔާރާ ޕްރޮޑަކްޝަންގެ ފަރާތުންވަނީ ޚާއްސަ ވީޑިއޯއެއް ތައްޔާރުކޮށްފަ އެވެ.

މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒާ އާއި އޭނާގެ މަންމަ އައިމިނަތު ރަޝީދާ އަދި އައްޒަގެ ދަރިފުޅު އީތަން ފެނިގެންދާ މި ވީޑިއޯ ހިއްސާ ކުރިތާ 24 ގަޑިއިރު ނުވަނީސް 70،000 އަށް ވުރެ ގިނަ މީހުން ބަލާފައި ވެއެވެ.

އައިންތުގެ ކޮންސެޕްޓަށް ތައްޔާރު ކޮށްފައިވާ ހަ މިނެޓްގެ މި ވީޑިއޯގައި، އަވަށްޓެރިއެއްގެ ގޭ ދޮށަށް އެމްބިއުލާންސް ދިއުމުން އައިންތު އޭނާގެ ރައްޓެހިންނަށް ގުޅާ އަދި އެތަނަށް ދިއުމަށް ފުލް ކިޓްގައި ތައްޔާރުވާ މަންޒަރު ފެނިގެންދެ އެވެ.

އައިންތު އަޅާފައި ހުރި މާސްކާއި އައިންތުގެ ކޮސްޓިއުމަށް ވަނީ ބެލުންތެރިންގެ ސަމާލުކަން ލިބިގެން ގޮސްފަ އެވެ. އައިންތު ބޭރަށް ނުކުންނަށް އުޅޭކަން އެނގުމުން އައްޒަ ގޮސް އައިންތު ހުއްޓުވާ ނަސޭހަތްދޭ މަންޒަރު ވީޑިއޯގައި ފެނިގެން ދެއެވެ.

މި ވީޑިއޯއާއި ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އައްޒަ ބުނީ މި ވީޑިއޯއަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް މެސެޖުތައް ފޯރުކޮށްދާ މި ދަނޑިުވަޅުގައި ރައްޔިތުންނަށް ޚާއްސަ މެސެޖެއް ދިނުމުގެ ގޮތުން ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ތައްޔާރު ކުރި ވީޑިއޯއެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ގޭގައި މަޑުކުރައްވާ ފަރުދީ ޒިންމާ އަދާ ކުރެއްވުން ކަމަށެވެ.

މި ވީޑިއޯ އަކީ އެއް ދުވަހުގެ މަސައްކަތް ކަމަށާއި ވީޑިއޯ ނަގާފައި ވަނީ ފޯނެއް ބޭނުންކޮށްގެން އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް ކަމަށް އައްޒަ ބުންޏެވެ. ވީޑިއޯ ޑައިރެކްޓް ކޮށް އެޑިޓިންގެ މަސައްކަތްތައް ވެސް ކޮށްފައިވަނީ ވެސް މުއާ އެވެ.

"ފަރުދީ ޒިންމާ އަދާކުރައްވާ" މި ވީޑިއޯ އަޕްލޯޑް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ވީޑިއޯ ބަލާ އަދި ވީޑިއޯ ޝެއަރކޮށްފއިވާ ކަން ފާހަގަކޮށް އެފަރާތްކަށް އައްޒަ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. އައްޒަ ބުނީ ވީޑިއޯ ގިނަ ބަޔަކަށް ކަމު ގޮސްގެން ބައެއް ޓީވީ ޗެނަލްތަކުން ދެއްކުމަށް އެދެމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު