Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ނިއު ނޯމަލްގެ ފުރަތަމަ ޖަލްސާ: މާސްކު އެޅުމާއި ގައިދުރުކަމާ އެކު އައު ތަޖުރިބާއެއް

26 މެއި 2020 | އަންގާރަ 08:28

މަޖިލީހުގެ ފްލޯރ ވަނީ 30 މިނެޓުން ރޮޓޭޓްވާ ގޮތަށް ހަމަޖައްސާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 މެއި 2020 | އަންގާރަ 08:28
ނިއުނޯމަލްގައި ކުރިޔަށް ގެންދާ ފުރަތަމަ ޖަލްސާ- މާސްކު އަޅުއްވައިގެން މެމްބަރުން ތިއްބެވިއިރު އިށީންދެވަޑައިގެން ތިއްބެވީ ދުރުދުރުގައި

ނިއުނޯމަލްގައި ކުރިޔަށް ގެންދާ ފުރަތަމަ ޖަލްސާ- މާސްކު އަޅުއްވައިގެން މެމްބަރުން ތިއްބެވިއިރު އިށީންދެވަޑައިގެން ތިއްބެވީ ދުރުދުރުގައި

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ވާހަކަތައް ދައްކަމުން ދާއިރު ނިއު ނޯމަލްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދާނެ ގޮތް މިވަނީ ފެނިގެންގޮސްފަ އެވެ. ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އެޖެންޑާ ކުރުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަކި ޚާއްސަ ހުއްދަ އެއް ނަގައިގެން އެޗްޕީއޭއިން ދީފައިވާ އިރުޝާދާއެކު އަންގާރަ ދުވަހުގެ ޖަލްސާ ވަނީ ފަށާފަ އެވެ. މިދައުރުގެ 40 ވަނަ ޖަލްސާ ތަފާތުވާ އެކި ސަބަބުތައް ހުރިއިރު ޖަލްސާ ކުރާ މާލަމުގައި މެންބަރުން އެތުރިގެން ތިއްބެވި ގޮތާއި މާސްކު އަޅައިގެން ހުރިހާ މެންބަރުންނާއި އިދާރާގެ މުވައްޒަފުން ޗެމްބަރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިރު އެއީ ފަސޭހަ ކަމެއް ނޫންކަން ދޭހަވެ އެވެ.

ގައިދުރުކަން ބެހެއްޓުމަށް ކޮންމެ މެންބަރެއްގެ ދެމެދުގައި ވަކި ދުރުމިނެއް ބަހައްޓައިގެން ޖަލްސާ ފެށިއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޖަލްސާއިން ފާހަގަވެގެންދިޔަ ކަމަކީ މެންބަރުން އިށީންދެގެން ތިއްބަވަންޖެހޭ ގޮތުގެ ތަރުތީބު ނުވަތަ ސީޓިންގ އެރޭންޖްމަންޓެވެ. އިތުރަށް ތަޅުމުގައި ގޮނޑި ޖަހާފައި ވާއިރު، އިތުރަށް ޖަހާފައިވާ ގޮނޑިތަކުގައި ތިއްބެވި މެންބަރުން މޭޒުކޮޅު ކައިރިއަށް ދެވޭނީ 30 މިނިޓް ފަހުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. މަޖިލީހުގެ ތަޅުމުގައި 30 މިނެޓުން މެންބަރުން ބަދަލުވާ ގޮތަށް ހަމަޖެހިފައި ވާއިރު އެކަމުގައި ކަންކުރަންވީ ގޮތް މެންބަރުންނަށް ވަނީ ކޮންމެސް ވަރަކަށް އައު ކަމަކަށްވެފަ އެވެ. އެހެންކަމުން އެކަމުގެ އިރުޝާދުތައް އަމީން އާންމު މެންބަރުންނަށް ދެއްވަމުން ގެންދެވި އެވެ.

ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ޤަނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު، ބިލެތްދޫ ދާއިރާގެ މެންބަރ އަހުމަދު ހަލީމު ހުށަހެޅުއްވުމާއެކު ދެން ހުޅުވާލެވިގެން ދިޔައީ އާދައިގެ މަތިން އެބިލަށް ބަހުޘް ކުރުމަށެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޭޒުކޮޅުތަކުގައި އިށީނދެ ވަޑައިގެން ތިއްބެވީ އޮނަހިރި އަދަދަށް ވާ މެންބަރުން ކަމަށެވެ. އަދި އޮނަހިރި އަދަދަކަށް ނުވާ މެމްބަރެއް ކަމުގައިވާނަމަ އެމެމްބަރަކު އިށީންދެ ވަޑައިގަނަންވަން ޖެހިވަޑައި ގަންނަވަނީ ތަޅުމުގައި ޖަހާފައިވާ ގޮނޑިތަކުގަ އެވެ.

ބިލަށް ބަހުސް ކުރެއްވުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައި ގެންނެވީވެސް މޭޒުކޮޅު ކައިރީގައި އިށީންދެ ވަޑައިގެން ތިއްބެވި މެމްބަރުންނަށެވެ. އެއާއެކު ބަހުސް ކުރައްވަން ފެށިއިރު ދެންވެސް ފާހަގަ ވެގެންދިޔައީ ނިއުނޯމަލްގައި އަމަލުކުރަންޖެހޭ ކަމެއްގެ ސަބަބުން ދިމާވާ ދައްޗެކެވެ. މާސްކު އަޅައިގެން ވާހަކަ ދައްކަވަން އުނދަގޫ ކަމުގެ ޝަކުވާ މެމްބަރުން ކުރައްވަން ފެއްޓިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ވާހަކަ ދައްކަވަން ފެއްޓެވި ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު މާސްކް އަޅުއްވައިގެން ވާހަކަދައްކަން ވަރަށް އުނދަގޫ ކަމަށް ވިދާޅުވި އެވެ. އަދި މެމްބަރ ނިޔާޒު އެކި ފަހަރު މަތިން މާސްކު ރަނގަޅު ކުރައްވަމުން ގެންދެވިތަން ވަނީ ފެނިފަ އެވެ.

"ކުޑަކުޑަ ދަތިކަމެއް އެބަހުރި އިނގޭތޯ މާސްކު އަޅައިގެން ވާހަކަ ދައްކާތީވެ." މެމްބަރު ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. މެމްބަރަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިޖަލްސާ ކުރިޔަށްދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަ އާއި އިރުޝާދުގެ މަތިން ކަމަށެވެ.

އޭގެ ފަހުން ވާހަކަ ދައްކަވަން ފެއްޓެވި ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމްވެސް ވަނީ މާސްކު އަޅުއްވައިގެން ވާހަކަ ދައްކަވަން އުނދަގޫކަން ފާހަގަ ކުރައްވާފަ އެވެ. "ހަގީގަތުގައިވެސް އިއްޒަތްތެރި ރައީސް ވަރަށް އުނދަގޫ މާސްކު އަޅައިގެން ވާހަކަ ދައްކަން. އެހެންވެގެން ހުއްޓުންތަކެއް އަންނަނީ" ސަލީމް ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "އިސާހިތަކު މާސްކު އަޅައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ." ކަމަށެވެ.

އޭގެފަހުން މެދުހެންވޭރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލަ ނަންގަވާ ވިދާޅުވީ މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށެވެ.

އާޒިމްގެ މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަމާއި ގުޅިގެން ބައެއް ޑޮކްޓަރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިކަމުގައި ޑޮކްޓަރުން ދެއްވާ ލަފަ އާއި އިރުޝާދު ބަދަލުވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެއީ ބައްޔަކީވެސް ކޮން އެއްޗެއްކަން ޑޮކްޓަރުން ނަށްވެސް މާބޮޑަށް ސާފުނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!

18 ނޮވެމްބަރު 2017
ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!
19 އޮކްޓޯބަރު 2017

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
18 ޖުލައި 2017

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް