Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން

މާމަ ދަރިންގެ ފޮޓޯ ފޭސްބުކްއިން ނެގުމަށް ޑަޗް ކޯޓަކުން މީހެއްގެ މައްޗަށް ޙުކުމް ކޮށްފި

26 މެއި 2020 | އަންގާރަ 09:19

ފޮޓޯތައް 10 ދުވަހުގެ ތެރޭގައި ފޭސްބުކްއާއި ޕިންޓްރަސްޓުން ނެގުމަށް އަމުރުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2020 | އަންގާރަ 09:19
ފޭސްބުކް- ޖީޑީޕީއާރް ޤާނޫނުގެ ދަށުން މީހުންގެ ޕްރައިވެސީ ރައްކާތެރި ކުރުމަށް މަގުފަހިކޮށްދޭ

ފޭސްބުކް- ޖީޑީޕީއާރް ޤާނޫނުގެ ދަށުން މީހުންގެ ޕްރައިވެސީ ރައްކާތެރި ކުރުމަށް މަގުފަހިކޮށްދޭ

މާމަ ދަރިންގެ ފޮޓޯތައް ފޭސްބުކް އިން ނެގުމަށް ޑަޗް ކޯޓަކުން މީހެއްގެ މައްޗަށް ޙުކުމް ކޮށްފި އެވެ.

ޑަޗް ކޯޓަކުން ކުރި މި ޙުކުމުގައި ބުނެފައި ވަނީ އަންހެން މީހާ އޭނާގެ މާމަ ދަރިންގެ ފޮޓޯތައް މީސް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކް އަށް އަޕްލޯޑް ކޮށްފައި ވަނީ އެ ކުދިންގެ މަންމަގެ ހުއްދައާ ނުލާ ކަމަށެވެ. އެގޮތުން މިއީ 2018 ވަނަ އަހަރު ވުޖޫދުވި "ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރް) ޤާނޫނުގެ ދަށުން މަނާ ކަމެއްކަން ޙުކުމުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، މި މައްސަލަ 'ޑިސްޕިއުޓް' މަރުޙަލާއަށް ދާން ޖެހުނީ ފޮޓޯތައް ނެގުމަށް އެކުދިންގެ މަންމަ އެތައް ފަހަރަކު އެދުމުން ވެސް އެކަމަށް އިޖާބަދީފައި ނުވާތީކަން ޙުކުމުގައި ފާހަގަކޮށްފައި ވެއެވެ. މިބީދައިން ފޮޓޯތައް އާންމު ކުރުމަކީ އެކުދިންގެ "ޕްރައިވަސީ" ގެއްލުވާލުންކަން މައްސަލަ ހުށައަޅަމުން ކުދިންގެ މަންމަ ބުނެފައި ވެއެވެ.

ކޯޓުން ބުނީ، އެކުދިންނަކީ އުމުރު ނުފުރޭ ކުދިންނަށް ވުމާއެކު، އެކުދިންގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ޤާނޫނުގެ ދަށުން މަންމައަށް ލިބިގެންވާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ފޮޓޯތައް 10 ދުވަހުގެ ތެރޭގައި ފޭސްބުކް އާއި ޕިންޓްރަސްޓުން ނެގުމަށް ޙުކުމް ކޮށްފައެވެ. އަދި ނުނަގައިފިނަމަ އެއަށްފަހު ފާއިތުވާ ކޮންމެ ދުވަހަކަށް 55 ޑޮލަރުގެ ރޭޓުން ޖޫރިމަނާ ވާނެކަމަށް ފަނޑިޔާރު ވިދާޅުވެފައި ވެއެވެ. އެގޮތުން 1100 އެމެރިކާ ޑޮލަރުގެ އަދަދެއް މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިދާނެކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ޖީޑީޕީއާރް އަކީ ޔޫރަޕިއަން ޔޫނިއަންގެ ޑާޓާ ޕްރައިވަސީ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކޮށްދިނުމަށް މަގުފަހި ކޮށްދިނުމުގެ އިތުރުން، ކުންފުނިތަކާއި ވަޒީފާ އަދަކުރާ ތަންތަނުން މުވައްޒަފުންގެ މައުލޫމާތުތައް ބެލެހެއްޓުމުގައި ޒިންމާދާރުވުމަށް ވެސް ބާރު އަޅައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

ސޮހާ އާއި ކުނާލްގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި

16 ނޮވެމްބަރު 2017
ސޮހާ އާއި ކުނާލްގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި
14 ނޮވެމްބަރު 2017

ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި

14 ނޮވެމްބަރު 2017
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
08 އޮކްޓޯބަރު 2017

ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި

08 އޮކްޓޯބަރު 2017
ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން  ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި
30 ޖުލައި 2017

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

30 ޖުލައި 2017
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް
11 ޖުލައި 2017

ކެޓްރީނާ އާއި ގައްޒާފީ އެކުގައި ނަގާފައިވާ ފޮޓޯ ވައިރަލް ވެއްޖެ

11 ޖުލައި 2017
ކެޓްރީނާ އާއި ގައްޒާފީ އެކުގައި ނަގާފައިވާ ފޮޓޯ ވައިރަލް ވެއްޖެ
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
01 މެއި 2017

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
17 މާރިޗު 2017

ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

17 މާރިޗު 2017
ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ
08 ޖެނުއަރީ 2017

ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު

08 ޖެނުއަރީ 2017
ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް