Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ އަށް ކޯޗުކޮށްދޭން ބޭނުންވުން

ނޭމާ އަށް ކޯޗުކޮށްދޭން ބޭނުން: ސެޓިއެން

ނޭމާ ހޯދުމަށް މީގެ ކުރިންވެސް ބާސާ އިން ވަނީ މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 މެއި 2020 | ހޯމަ 17:13
ޕީއެސްޖީގެ ފޯވާޑް ނޭމާ: ބާސާ އިން އަންނަނީ ނޭމާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުން

ޕީއެސްޖީގެ ފޯވާޑް ނޭމާ: ބާސާ އިން އަންނަނީ ނޭމާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުން

ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބާސެލޯނާގެ ކޯޗު ކިކޭ ސެޓިއެން ބުނެފި އެވެ.

ބާސާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ބާސާ އިން ވަނީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލުން އަނބުރާ ގެނައުމަށް މިސީޒަން ފެށުމުގެ ކުރިން ވެސް މަސައްކަތް ކޮށްފައެވެ. އަދި ނޭމާ ވެސް ވަނީ އޭނާ އެނބުރި ބާސާއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ.

ބާސާއާ މި އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ސެޓިއެން ބުނީ ކޮންމެވެސް ދުވަހަކުން ނޭމާ އަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބުމަށް އެދޭ ކަމަށެވެ. އެގޮތުން އޭނާގެ އެއް ހުވަފެން ކަމަށްވާ ލިއޮނެލް މެސީ އަށް ކޯޗުކަށް ކޮށްދިނުން މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށާއި ނޭމާ އަތުވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޭމާ އަލުން އަނބުރާ ހޯދުމަށްކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސާ އިން އެ ކްލަބުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ނޭމާ ބަދަލުކުރަން ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.

ދާދި ފަހުން ފީފާ އިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު ނުހިމަނައި ހަދާ އެއްބަސްވުންތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާއެކު، ކުޅުންތެރިޔާ ކްލަބު ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާ އިންނެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ކުރިން ބުނި ގޮތުގައި ފީފާ އިން ނޭމާގެ އެއްބަސްވުމަށް ބެލުމަށް ފަހު، އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 180 މިލިއަން ޔޫރޯގަ އެވެ. އެހެންކަމުން ބާސާ އިން ނޭމާ ހޯދަން ކުރާ ބިޑުގައި މި ސީޒަނުގައި އެ ޓީމާ ގުޅުނު ގްރީޒްމަން ހިމަނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ އަށް އަދި މިހާތަނަށް އެޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މިހާތަނަށް އޭނާ ޕީއެސްޖީއަށް ކުޅެދިން 52 މެޗުގައި ވަނީ 47 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު