Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޝައްވާލު މަހުގެ ހަ ރޯދަ

ޝައްވާލު މަހުގެ 6 ރޯދައިގެ މާތްކަން

ވަޅުޢީދު ދުވަހުން ފެށިގެން ހަ ރޯދަ ހިފުމީ އެންމެ މޮޅުގޮތް

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު | 23 މެއި 2020 | ހޮނިހިރު 08:48
މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ

މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ

ރޯދަ މަސް ނިމުނީއެވެ. ޝައްވާލު މަސް ފެށެނީއެވެ. މިގޮތުން ވަރަށް ގިނަ މީހުން ތިބެނީ ދެން ކަންކުރަންވާ ގޮތް ނޭގި އޮޅުމެއްގެ ތެރޭގައެވެ. ތިމަންމެން ފުރަތަމަ ހިފާނީ ހަ ރޯދަތޯ ނުވަތަ އަންހެނުންނަށް އެކަނބަލުންގެ ޚާއްޞަ ޙާލަތުގައި ގެއްލިފައިވާ ޤަޟާ ރޯދަ ހިފާނީ ތޯއެވެ؟

މިއީ މީސްތަކުން ކުރަމުންދާ ސުވާލެކެވެ. މިއަންނަ ހަދުވަހު ރޯދަ ފަރުޟާ އެއްކޮށްލައިގެން ހިފިދާނެތޯ ނުވަތަ ކޮންމެ ބާވަތެއްވެސް ހިފަންޖެހޭނީ ވަކިވަކިންތޯއެވެ؟ މި މައްސަލައާމެދު ވަރަށްގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ރޯދައަކާއެކު ފަރުޟު ރޯދައަކަށް ނިޔަތް ނުގަނެވޭނެއެވެ.

ދާރުލް އިފްތާއިން ދެކޭ ގޮތުގައި ޝައްވާލު މަހު ހަ ރޯދައަކީ ފަހުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި މުސްތަޙައްބު ސުންނަތެކެވެ. އެރޯދަ ހިފަން ފަށާނީ ވަޅު ޢީދު ދުވަހުން ފެށިގެންނެވެ. ލޮބުވެތި ރަސޫލާ ޙަދީޘު ކުރައްވާފައިވާ ފަދައިންނެވެ. [مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ فَذَاكَ صِيَامُ الدَّهْرِ] (މާނައީ: ރަމަޟާން މަހު ރޯދަ ހިފައި ދެން އެއާގުޅިގެން ޝައްވާލު މަހުގެ ހަދުވަސް އިތުރު ކޮށްފި މީހާއަށް އެ ހިފުނީ މުޅި އަހަރުގެ ރޯދައެވެ.) ވުމާއެކު މުސްލިމަކު ވަޅުޢީދު ދުވަހުން ފެށިގެން ހަ ރޯދަ ހިފުމީ އެންމެ މޮޅުގޮތެވެ. އެހެނަސް ޝައްވާލު މަހުގެ ތެރޭގައި އެކުއެކީވެސް ނުވަތަ ވަކިވަކީން ވެސް ހަރޯދަ ހިފައިފިނަމަ ސުންނަތް އަދާކޮށްފިއެވެ. އެއްވެސް އުނިކަމެއްނެތި އެމީހަކަށް އެކަމުގެ ސަވާބު ދެއްވާނެއެވެ.

ޝާފިޢީ މަޛްހަބުގައި އޮންނަ ގޮތުގައި ރޯދަމަހު ގެއްލިފައިވާ ރޯދަ ހަ ރޯދައިގެ ތެރޭގައި ޤަޟާއަށް ނިޔަތް ގަތުމުން ފަރުޟު ރޯދައިން އޭނާ ބަރީއަ ވުމާއެކު ޝައްވާލުމަހު ރޯދަ ހިފީތީވެ އެކަމުގެ ސަވާބުވެސް ދެއްވާނެއެވެ. އެހެނަސް ނިޔަތް ގަންނަންވާނީ ސުންނަތް ރޯދަ އަކަށް ނޫނެވެ. އަދި ކިއެއްތަ ނިޔަތް ގަންނާނީ ގެއްލިފައިވާ ފަރުޟު ރޯދަ އަށެވެ. ﷲގެ ދީލަތިވަންތަ ކަން އިންތިހާއަށް ތަނަވަސް ވެގެންވެއެވެ. އެހެން ކަމުން މިގޮތަށް ރޯދަ ހިފައިފި މީހަކަށް ޝައްވާލުމަހު ރޯދަ ހިފަން އެންގެވި އެންގެވުމަށް ޢަމަލު ވުމާއެކު ޤަޟާ ރޯދައިގެ ޒިއްމާވެސް އޭނާގެ ކިބައިން ދިޔައީއެވެ.

މިއުޞޫލުގެ ދަށުން ރޯދަމަހުގެ ރޯދަ ގެއްލިފައިވާ އަންހެނުން ޝައްވާލު މަހު ހަ ރޯދަ ހިފާއިރު ޤަޟާއަށް ނިޔަތް ގަތުމުން ފަރުޟު ރޯދަ ހިފުމާއެކު ސުއްނަތުގެ ސަވާބު ލިބޭނެއެވެ. މިކަމުގައި ޢިލްމުވެރިން ޤިޔާސް ކުރައްވާފައި ވަނީ މީހަކު މިސްކިތަށް ވަދެ އިށީނުމުގެ ކުރިން ފަރުޟު ނަމާދު ކޮށްފި ނަމަ ނުވަތަ ރަވާތިބު ސުއްނަތުގެ ދެރަކްޢަތް ކޮށްފިނަމަ އޭނާއަށް އެނަމާދު ކުރެވިފައި މަސްޖިދު ސުއްނަތުގެ ސަވާބުވެސް ލިބުނެކަމަށް އެއްބަސްވެ ވަޑައިގަންނަވާތީ މީގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2020

ޙައްޖު މަހުގެ ދިހަ ދުވަސް އިޙްޔާ ކުރުމަކީ ވަރަށް މަތިވެރި ކަމެއް

22 ޖުލައި 2020
ޙައްޖު މަހުގެ ދިހަ ދުވަސް އިޙްޔާ ކުރުމަކީ ވަރަށް މަތިވެރި ކަމެއް
14 ޖޫން 2018

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން
14 ޖޫން 2018

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން
15 މެއި 2018

ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން

15 މެއި 2018
ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން
29 ސެޕްޓެމްބަރު 2017

ހުކުރު ދުވަހުގެ މާތްކަން

29 ސެޕްޓެމްބަރު 2017
ހުކުރު ދުވަހުގެ މާތްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު