Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުން: އެންވަޔަރަމަންޓް މިނިސްޓަރ

މޫސުމަށް އަންނަ ބަދަލުތަކަކީ ދިރޭތަކެތި ނެތިދިޔުމުގެ މައިގަނޑު ސަބަބުތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 މެއި 2020 | ހުކުރު 03:18
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން؛ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން؛ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައި

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކަމަށާއި، ގަސް ކެނޑުމާއި، މޫދަށާއި ޗަސް ބިންތަކަށް ކުނި އެޅުމާއި، ވައި ނުސާފު ވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ ދިރޭތަކެތި ނެތިދިޔުމުގެ މައިގަނޑު ސަބަބުތައް ކަމަށެވެ.

އަދި ދިވެހިރާއްޖޭއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ތިމާވެއްޓަށް އެހާމެ ބަރޯސާވާ ޤައުމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހިންގެ އިޤްތިސާދު ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ކަނޑުތަކުގެ މުއްސަނދިކަމަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައިބަދަ ކަމަށާއި، އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ މި ކަމަށް އޮތް ހައްލު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މެއި މަހުގެ 22 ވަނަ ދުވަހު ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަހެވެ. ދިރޭތަކެތީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން މި ދުވަސް ފާހަގަ ކުރާތަ 10 އަހަރު ވީ އިރު، މި ދުވަހަކީ ކޮންމެ އަހަރަކު ތިމާވެއްޓަށް ލޯބި އިތުރުކޮށް، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުސަތެކެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މި އަހަރުގެ ދިރޭތަކެތީގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ އޮންލައިން ކޮށް، މީސް މީޑިއާ ޕްލެޓްފޯމްތަކުގައެވެ. ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމަށް މިފަހަރު ނިންމާފައިވަނީ "އަހަރެމެންގެ ޙައްލުތައް ވަނީ ޤުދުރަތީ ވެށީގައި" މި ޝިއާރުގެ މައްޗަށެވެ. އިންސާނުންގެ ހުރިހާ ކަމެއް ވަނީ އެހެނިހެން ދިރޭތަކެއްޗާއި ގުޅި ލާމެހިފައެވެ.

މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ ދިމާވާ ހުރިހާ މައްސަލައެއްގެ ހައްލު ޤުދުރަތުން ހޯދައި، ލިބިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ އެންމެ ފުރިހަމަ މިސާލަކީ ބޭސްވެރިކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އިންސާނުންގެ ހުރިހާ އަސާސީ ބޭނުމަކަށް ދިރޭތަކެތީގެ މުހިންމުކަން މިކަމުން ސާބިތުވާ ކަމަށާއި، އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ސަލާމަތްކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކުން ޢިބްރަތް ލިބިގަނެ، މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަކުރާއިރު، ދިރޭތަކެއްޗަކީ ކޮބައިކަން ދެނެގަނެ، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓޭނެ ގޮތްތައް ދެނެތުން މުހިންމު ކަމަށާއި، ދިރޭތަކެއްޗަކީ މާތް ﷲ ސުބްޙާނަހޫވަތަޢާލާ ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމަކާއި އެ ދިރުމެއްގެ ޤުދުރަތީ ވެށި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އިންސާނުންގެ ލޮލަށް ނުފެންނަ ކިތަންމެ ދިރުމެއް މީގައި ހިމެނޭ ކަމަށާއި، ބެކްޓީރިއާ، ފަންގައި، އަލްގީ ފަދަ ދިރުންތަކަކީ ދަނޑުވެރިކަމާއި، ކާނާ ބަންދުކުރުމާއި، ބޭސްވެރިކަމުގެ ދާއިރާގައި އިންސާނުންނަށް މުހިންމު ރޯލެއް އަދާކުރާ ދިރޭތަކެތިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ ފަރުދަކަށްވެސް އިސްނަގައިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެގޮތުން، އަމިއްލަ މޭވާ އަދި ތަރުކާރީ އިންދުމާއި، ތިމާވެއްޓަށް ގެއްލުން ނުދިނުމާއި، އެއްގަމު ދުއްވާ އުޅަނދުތަކަށް ބަރޯސާވުން ކުޑަކުރުމާއި، ބޭރުން އެތެރެކުރާ ކާނާ އަށް ވުރެ ބޮޑަށް ދަނޑުވެރިންގެ ވިޔަފާރީއަށް އެއްބާރުލުންދިނުމަކީ ކުރެވިދާނެ ކަންތައްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު