Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެޓާއި ސުޕަރ ޔޮޓް އައުމުގެ ހުއްދަ

ސޭފް ޓުއަރިޒަމް ގައިޑްލައިން: ޖެޓާއި ސުޕަރ ޔޮޓް އައުމުގެ ހުއްދަ ޖޫން 1 ގައި ދެނީ

ރިސޯޓް އަދި ފަތުރުވެރިކަމުގެ އުޅަނދު (ޕްރައިވެޓް ޖެޓްސް އަދި ސުޕަރ ޔޮޓް) ފަހަރުތައް އައުމަށް 1 ޖޫންގައި ހުޅުވާލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 މެއި 2020 | ބުދަ 01:58
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެޓްތަކެއް ޕާކްކޮށްފައި؛ ރާއްޖެ އަންނަ ކޮންމެ ޖެޓަކުން 50،000 ޑޮލަރުގެ ފީއެއް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެޓްތަކެއް ޕާކްކޮށްފައި؛ ރާއްޖެ އަންނަ ކޮންމެ ޖެޓަކުން 50،000 ޑޮލަރުގެ ފީއެއް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އުޅަނދުތައް އައުމަށް ޖޫން 1 ގައި ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސޭފް ޓުއަރިޒަމް ގައިޑްލައިންގެ ދެލިކޮޕީގައި ބުނެފި އެވެ.

މި ގައިޑްލައިނަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ކަންކަން ހިމަނައިގެން ހަދާފައިވާ ގައިޑްލައިނެކެވެ.

މި ގައިޑްލައިންގެ ޓައިމް ލައިންގައި ބުނެފައިވަނި ރިސޯޓާއި، ފަތުރުވެރިކަމުގެ އުޅަނދު (ޕްރައިވެޓް ޖެޓް އަދި ސުޕަރ ޔޮޓް) ފަހަރުތައް އައުމަށް 1 ޖޫންގައި ހުޅުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން ޗާޓަރ ފުލައިޓްތައް އަދި ކޮމަރޝަލް އެއަރ ލައިންތަކަށް ހުޅުވާލާނީ ޖުލައި 1 ގައި ކަމަށާއި، ގެސްޓް ހައުސްތަކާއި ހޮޓެލްތައް ހުޅުވާލާނީ އޮގަސްޓް 1 ގައި ކަމަށެވެ.

މިގޮތަށް މި ގައިޑްލައިންގައި ބުނެފައިވީ ނަމަވެސް "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ފުރަތަމަ ދެލިކޮޕީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަސްލަޙަތުވެރިންނާ ވަނީ ހިއްސާކޮށްފަ އެވެ. އަދި މިދެލިކޮޕީއަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މިގައިޑްލައިން ފުރިހަމަކޮށް ސަރުކާރުގެ ފައިނަލް ޕޮލިސީ ޢާންމުކުރާނީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަސްލަޙަތުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ކަމުގައެވެ.

ޕްރައިވެޓް ޖެޓް އަދި ސުޕަރ ޔޮޓްތައް އައުމުގެ ހުއްދަ 1 ޖޫންގައި ދިނުމަށް ނިންމާފައިވާ އިރު، މި ގައިޑްލައިންގައި ބުނެފައިވަނީ ޗާޓަރ ފުލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކުގެ ލޭންޑިންގ ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ޞަރަޙައްދަށް ވަންނަ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ކަނޑު އުޅަނދުތަކުން 10،000 ޑޮލަރުގެ ފީއެއް ނެގުމާއި، ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ކުރޫސް ލައިނަރ ތައް އައުން މަނާވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ފަތުވެރިން އުޅަނދަށް އަރުވުމައި ބޭލުމުގެ ކަންކަން ހަމަޖެހިފައި އޮންނަން ޖެހޭނީ ސޭފް ޓުއަރިޒަމަށް ޚާއްޞަވާ އެއަރޕޯޓެއްގައި ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2018

ޓުއަރިޒަމް ކުރިއެރުވުމަށް މިހާރާ ގުޅޭ ފުރިހަމަ މާކެޓް ޕްލޭނެއް އެމްއެމްޕީއާރުސީގައި ނެތް: ޓްރާންސިޝަން ކޮމެޓީ

15 ނޮވެމްބަރު 2018
ޓުއަރިޒަމް ކުރިއެރުވުމަށް މިހާރާ ގުޅޭ ފުރިހަމަ މާކެޓް ޕްލޭނެއް އެމްއެމްޕީއާރުސީގައި ނެތް: ޓްރާންސިޝަން ކޮމެޓީ
28 އޮކްޓޯބަރު 2018

އުރީދޫ އިން އައްޑޫ ސިޓީ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފްކޮށްފި

28 އޮކްޓޯބަރު 2018
އުރީދޫ އިން އައްޑޫ ސިޓީ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފްކޮށްފި
23 އޯގަސްޓު 2018

ނަޝީދުގެ ވެރިކަމުގައި 300 ރަށް ދޫނުކުރާކަމަށް ޕީޕީއެމްގެ ޓުއަރިޒަމް މިނިސްޓަރ ވަނީ މަޖިލީހުގައި ވިދާޅުވެފައި: މަހްލޫފް

23 އޯގަސްޓު 2018
ނަޝީދުގެ ވެރިކަމުގައި 300 ރަށް ދޫނުކުރާކަމަށް ޕީޕީއެމްގެ ޓުއަރިޒަމް މިނިސްޓަރ ވަނީ މަޖިލީހުގައި ވިދާޅުވެފައި: މަހްލޫފް
03 ފެބުރުއަރީ 2018

ޓުއަރިޒަމް މިނިސްޓްރީ ސިޔާސީ އެކްޓިވިސްޓަކަށް ވެގެން ނުވާނެ: ޖޭޕީ

03 ފެބުރުއަރީ 2018
ޓުއަރިޒަމް މިނިސްޓްރީ ސިޔާސީ އެކްޓިވިސްޓަކަށް ވެގެން ނުވާނެ: ޖޭޕީ
18 ޖެނުއަރީ 2018

މަޓީއަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާންތިބޭ ބަޔަކަށް ވެގެން ނުވާނެ:އަލީ ވަހީދު

18 ޖެނުއަރީ 2018
މަޓީއަކީ ހަމައެކަނި ޓުއަރިޒަމް ފެއަރ ތަކަށް ދާންތިބޭ ބަޔަކަށް ވެގެން ނުވާނެ:އަލީ ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު