Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން

ޓޫރިޒަމް ގައިޑްލައިނަށް އިސްލާހު ހުށަހެޅުމަަށް ފުރުސަތު ހުޅުވާލައިފި

20 މެއި 2020 | ބުދަ 01:29

މިދެލިކޮޕީއަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 މެއި 2020 | ބުދަ 01:29
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ)؛ މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ދެލިކޮޕީ ފައިނަލް ކުރުމަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ)؛ މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ދެލިކޮޕީ ފައިނަލް ކުރުމަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ފަތުރުވެރިކަމަށް އަލުން ހުޅުވާލާއިރު އަމަލުކުރަން ހަދާފައިވާ މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ފުރަތަމަ ދެލިކޮޕީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ދެލިކޮޕީއަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ މި ގައިޑްލައިން ފުރިހަމަކޮށް ސަރުކާރުގެ ފައިނަލް ޕޮލިސީ އާންމުކުރާނީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަސްލަހަތުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ކަމުގަ އެވެ.

މި ގައިޑްލައިންގައިވާ ގޮތުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ވިސާ ފީއެއް ނަގަން ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ވިސާ ދޭނީ މަދުވެގެން ރާއްޖޭގައި 14 ދުވަސް ހޭދަ ކުރާ ފަތުރުވެރިންނަށް ކަމަށާއި، އެމީހަކު ހުންނަން ޖެހޭނީ އެންމެ ތަނެއްގައި ކަން ވާންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މި ގައިޑްލައިންގައި ޗާޓާޑް ފުލައިޓްތަކާއި ޕްރައިވެޓް ޖެޓް އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ބޭރުގެ ކަނޑު އުޅަނދު ފަހަރަށް ވެސް ވަކި ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ޗާޓާޑް ފުލައިޓް އަދި ޕްރައިވެޓް ޖެޓްތަކުން ލޭންޑިންގ ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގަން ވަނި ހިމަނާފައެވެ.

އޭގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ފަތުރުވެރިކަމުގެ ހިދުމަތްދޭ ކަނޑު އުޅަނދުތަކުން 10،000 ޑޮލަރުގެ ފީއެއް ނެގުމާއި، ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ކުރޫސް ލައިނާތައް އައުން މަނާވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ފަތުވެރިން އުޅަނދަށް އެރުވުމައި ބޭލުމުގެ ކަންކަން ހަމަޖެހިފައި އޮންނަން ޖެހޭނީ ސޭފް ޓުއަރިޒަމް އަށް ހާއްސަވާ އެއަރޕޯޓެއްގައި ކަމަށް ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް