Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވީބީ ބްރަދާސްގެ ފިހާރަތައް ހުޅުވުން

ވީބީ ބްރަދާސްގެ ފިހާރަތައް އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ފިހާރައަށް އަންނައިރު މާސްކް އަދި އަންގި އަޅަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 މެއި 2020 | އަންގާރަ 07:35
މާފަންނުގައި ހުންނަ ވީބީ މާޓް ހުޅުވާފައި ހުންނާނެ ގަޑިތައް ވަނީ އާންމުކޮށްފައި

މާފަންނުގައި ހުންނަ ވީބީ މާޓް ހުޅުވާފައި ހުންނާނެ ގަޑިތައް ވަނީ އާންމުކޮށްފައި

ވީބީ ބްރަދާސްގެ ފިހާރަތައް އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

ވީބީ ބްރަދާސްގެ ފިހާރަތަކުގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ކުންފުނީގެ ހުރިހާ ފިހާރައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.

ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތަކާއި، އެނޫން ވެސް ދިވެހިންގެ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ޒަރޫރީ ބާވަތްތަކުގެ މުދާ އެތެރެކޮށް، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ހޯލްސޭލް އަދި ރީޓެއިލް ކުރާ ކުންފުންޏެކެވެ.

އަލުން ޚިދުމަތް ފަށާ ވީބީ ބްރަދާސް އިން ބުނީ ވީބީ މާޓް ގަލޮޅު އަދި މާފަންނުގެ ފިހާރަ 9:00ން 12:00ށް ، 13:30ން 17:00ށް 21:00ން 00:00ށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ވީބީ ބްރަދާސް ބާޒާރު ހޯލް ސޭލް ހެނދުނު 9:00ން ހަވީރު 16:00ށް ހުޅުވާފައި ހުންނާނެއެވެ. މި ޚިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 7984366 ނަންބަރަށް ފިހާރައިގެ ނަން، ޖީއެސްޓީ ނަންބަރު ނުވަތަ ބޯޓުގެ މަޢުލޫމާތު އަދި ގުޅޭނެ ނަންބަރާއެކު ލިސްޓް ވައިބާ ކުރުމަށް އެދޭ ކަމަށެވެ.

ވީބީ ބްރަދާސްއިން ބުނީ ފިހާރައަށް ވިޔަފާރި ކުރުމަށް އަންނައިރު ފުލުހުން ދޫ ކުރާ ހުއްދަ ލިބުނުތޯ ޔަޤީން ކުރަންޖެހޭ ކަމަށާއި، ފިހާރައަށް އަންނައިރު މާސްކް އަދި އަންގި އެޅުމަށް އެދޭ ކަމަށެވެ. އަދި އެއްފަހަރާ ފިހާރައަށް ވަދެވޭނީ ގިނަ ވެގެން 3 ކަސްޓަމަރުންނަށް ކަމަށްވެސް ވީބީން ބުންޏެވެ.

ކޮންމެ ކަސްޓަމަރެއް ވެސް ފިހާރައަށް ވަނުމުގެ ކުރިން ތާމަލް ޓެސްޓް ކުރެވޭނެ ކަމަށް ވީބީ ބްރަދާސްއިން ބުނެއެވެ. އަދި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން، އަބަދުވެސް ތިން ފޫޓްގެ ގައިދުރު ކަމެއް ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު