Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޓީއޯއަސް ލިބުނު ލޯނުގެ އެހީ

އެސްޓީއޯ އަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީ އިން ހަމަޖައްސައި ދީފި

އަސާސީ ކާބޯތަކެއްޗާއި، ބޭސް ހޯދޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 12:01
އެސްޓީއޯއިން ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދެނީ

އެސްޓީއޯއިން ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދެނީ

ކޮވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ފަރާތުން އިމަރޖެންސީ ފައިނޭންސިންގގެ ގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯ އަށް ހަމަޖައްސައިދީފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއެކު، ކޮވިޑް-19 އާދެކޮޅަށް ކުރާ މަސައްކަތުގައި، ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ އާލާތްތައް ކަމުގައިވާ 'އިމީޑިއަޓް ލައިފް-ސޭވިންގ ފްރަންޓް ލައިން ޕަރސަނަލް ޕްރޮޓެކްޓިވް މެޑިކަލް އިކުވިޕްމަންޓް' ހޯދުމަށްޓަކައި މާލީ އެހީތެރިކަން (ގްރާންޓް) ވެސް އައި.ޓީ.އެފް.ސީ އިން ފޯރުކޮށްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

މި ދަނޑިވަޅުގައި ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި، ބޭހާއި، ސިއްހީ ކަންކަމަށް ބޭނުންކުރާ އާލާތްތައް ހޯދުމަށްޓަކައި، އައި.ޓީ.އެފް.ސީ ގެ ފަރާތުން އެސްޓީއޯ އަށް ހަމަޖައްސައިދީފައިވާ ލޯނުގެ އިތުރުން، ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އިމަރޖެންސީ މެޑިކަލް އިކުއިޕްމެންޓް ހޯދުމުގައި އެހީތެރިވުމަށްޓަކައި، އައި.ޓީ.އެފް.ސީ އިން ދިވެހިރާއްޖެ އަށް ހިލޭ އެހީ (ގްރާންޓް) ފޯރުކޮށްދިނުމަށްވެސް ނިންމާފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އައި.ޓީ.އެފް.ސީން ދޭ ލޯނާއި ހިލޭ އެހީ އަކީ، އެ ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން އެ ކުންފުނީގެ މެންބަރު ޤައުމުތަކަށް އެހީވުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަމެކެވެ.

މީގެ އިތުރުން، އެސްޓީއޯ އިން ބުނީ އައި.ޓީ.އެފް.ސީ ގެ ކޮވިޑް-19 ރެޕިޑް ރެސްޕޮންސް ފެސިލިޓީގެ 300 މިލިއަން އެމެރިކާ ޑޮލަރަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރެސްޕޮންސް ޕެކޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެއް ކަމަށެވެ.

އައި.ޓީ.އެފް.ސީ ގެ ފައިނޭންސް އަދި ގްރާންޓްގެ އެހީއާއެކު އެސްޓީއޯ އިން ކާޑާ، ބޭހާ، އަދި ޞިއްޙީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިންމު ޕަރސަނަލް ޕްރޮޓެކްޓިވް އިކުވިޕްމަންޓްތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެސްޓީއޯގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، އައި.ޓީ.އެފް.ސީން އެސްޓީއޯ އަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން، ރިސްކްތައް ދެނެގަތުމަށާ، ސްކްރީން ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހެދުމާ، ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ ކަމަށެވެ. މީގެ އިތުރުން، މި ފަންޑިންގ ގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އަމްރު ވަނީ ވިދާޅުވެފައެވެ.

މި ލޯނުގެ އެހީގެ ތެރެއިން، ބައްޔާ ދެކޮޅަށް ކުރީސަފުގައި މަސައްކަތްކުރާ ޞިއްޙީ މަސައްކަތްތެރިންގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ. އަދި އައި.ޓީ.އެފް.ސީން ދޭ ގްރާންޓްގެ ސަބަބުން، އޯ.އައި.ސީ މެންބަރު ޤައުމުތަކުގެ ޞިއްޙީ، އިޖްތިމާޢީ، އަދި އިޤުތިޞާދީ ދުޅަހެޔޮކަމާއެކު، ދިގުމުއްދަތުގައި އެ ޤައުމުތައް ކުރިއެރުވުމަށް އައި.ޓީ.އެފް.ސީން ދޭ އަހައްމިޔަތުކަން ހާމަވެގެންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު