Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވާރލްޑް ހެލްތް އެސެމްބްލީ

ވަރލްޑް ހެލްތް އެސެމްބްލީގެ ބްރީފިންގ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންފި

މިއަހަރުގެ ވާރލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން 18 މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މެއި 2020 | އާދީއްތަ 16:56
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން؛ އެކި ކަންތަކާއި ގުޅިގެން މަޝްވަރާ ކުރުން އޮންނާނީ މިއަހަރުގެ ފަހުކޮޅު ޖެނީވާގެ ސްވިލަރލޭންޑްގައި ބޭއްވޭ ވާރލްޑް ހެލްތް އެސެމްބްލީގަ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން؛ އެކި ކަންތަކާއި ގުޅިގެން މަޝްވަރާ ކުރުން އޮންނާނީ މިއަހަރުގެ ފަހުކޮޅު ޖެނީވާގެ ސްވިލަރލޭންޑްގައި ބޭއްވޭ ވާރލްޑް ހެލްތް އެސެމްބްލީގަ

ވަރލްޑް ހެލްތް އެސެމްބްލީގެ ވަރޗުއަލް ބްރީފިންގ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމަކީ، ކޮންމެ އަހަރަކު ޖެނީވާގެ ސްވިޒަރލޭންޑް ގައި ބާއްވާ ވާރލްޑް ހެލްތް އެސެމްބްލީ އަށް ދިވެހިރާއްޖޭގެ ވަފްދު ފުރާވައިގަތުމުގެ ކުރިން ޑަބްލިއުއެޗްއޯ މާލެ އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

މިއަހަރުގެ ވަރލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން 18 މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި އަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމްއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ޤަޢުމުތައް އެކުވެގެން ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވިދާޅުވީ މި އަހަރުގެ ވާރލްޑް ހެލްތް އެސެމްބްލީއަކީ ޑަބްލިއުއެޗްއޯގެ ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ވާރޗުއަލްކޮށް ބޭއްވޭ އެސެމްބްލީކަމާއި، މިގޮތަށް ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހުމުން ޤަޢުމުތަކުން ގިނަ އަދަދެއްގެ މެމްބަރުންނަށް ބައިވެރިވެ ވަޑައިގެންނެވޭނެކަން ފާހަގަކުރެއްވި އެވެ.

އަދި ހަމަ އެހެންމެ، ރާއްޖެއިން ބައިވެރިވި 18 މެމްބަރުންގެ ވަފްދަކީ ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ އެންމެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ފަހަރުކަން ފާހަގަކުރެއްވި އެވެ. މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ނުކުރެވޭ އެހެނިހެން ޓެކްނިކަލް ދާއިރާތަކާ ބޭހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ޖެނީވާގެ ސްވިޒަރލޭންޑް ގައި ބޭއްވޭ ވަރލްޑް ހެލްތް އެސެމްބްލީގަ އެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

އިންޑިިއާގެ ހެލްތް މިނިސްޓަރު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފި: ރައީސް ނަޝީދު

05 ސެޕްޓެމްބަރު 2017
އިންޑިިއާގެ ހެލްތް މިނިސްޓަރު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފި: ރައީސް ނަޝީދު
03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ހެލްތް މިނިސްޓަރު ރާއްޖޭގައިި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ހެލްތް މިނިސްޓަރު ރާއްޖޭގައިި
10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
02 ޖުލައި 2017

ބިދޭސީ މީހާ މަރުވީ ކާނާ ވިހަވެގެންކަން ޔަގީނެއް ނޫން: ހިންމަފުށި ހެލްތް ސެންޓަރ

02 ޖުލައި 2017
ބިދޭސީ މީހާ މަރުވީ ކާނާ ވިހަވެގެންކަން ޔަގީނެއް ނޫން: ހިންމަފުށި ހެލްތް ސެންޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު