Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ- ރާއްޖެ

އިންޑިިއާގެ ހެލްތް މިނިސްޓަރު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފި: ރައީސް ނަޝީދު

ޑަބްލިއުއެޗްއޯ ބައްދަލުވުން ފަށަނީ ބުދަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 ސެޕްޓެމްބަރު 2017 | އަންގާރަ 07:32
އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްޑާ

އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްޑާ

އިންޑިއާގެ ހެލްތް މިނިސްޓަރު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ބާއްވާ ސަރަހައްދީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށް އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްދާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.

އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބާއްވާ ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުމަށް އިންޑިއާގެ ހެލްތް މިނިސްޓަރު ނިންމަވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއީ ރައީސް އަބްދުﷲ ޔާމީން އެކަހެރިވެފައިވާ ކަމުގެ އިތުރު ނިޝާނެކެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން މިއަހަރު ރާއްޖޭގައި ބާއްވާ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ.

މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ އެކިއެކި ކަންކަމާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި 11 ގައުމަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ޑަބްލިއުއެޗްއޯގެ ބައެއް އިސްވެރިން ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ހެލްތް މިނިސްޓަރު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޗައިނާއާއެކު ރާއްޖެއިން ގުޅުން ބަދަހިކުރާތީ އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ 2015 ވަނަ އަހަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ނިންމެވުމަށް ފަހު ވަނީ ކެންސަލް ކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު