Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން

އަންނަ ސީޒަން ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް އުންމީދު ކުރަން: ބައްސާމް

ސީޒަން ކުރިން ފަށަން ތާވަލު ކޮށްފައި އޮތީ ޖޫން މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 މެއި 2020 | އާދީއްތަ 11:03
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފުޓްބޯޅަ ސީޒަން ސެޕްޓެމްބަރު މަހު ފަށަން އަންނަނީ މަސައްކަތް ކުރަމުން

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފުޓްބޯޅަ ސީޒަން ސެޕްޓެމްބަރު މަހު ފަށަން އަންނަނީ މަސައްކަތް ކުރަމުން

2020/2021 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އެފްއޭއެމުން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކޮށްފައެވެ. މި ސީޒަންގެ ބާކީބައި އެފްއޭއެމުން ކެންސަލް ކުރީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށްފަހު އެވެ.

އަންނަ ސީޒަން ޖޫން މަހު ފަށަން ކަލަންޑަރުގައި ހިމަނާފައި އޮތް ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސީޒަން ފެށުން ލަސްވާނެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ފުޓްބޯޅަ ސީޒަން އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އެފްއޭއެމުން ވިސްނުން ގެންގުޅެނީ ސެޕްޓެމްބަރު މަހު ފުޓްބޯޅަ ސީޒަން އަލުން ފެށުމަށް ކަމަށެވެ. އެގޮތުން ލޮކްޑައުނަށް ފަހުގައި ހުއްދަ ލިބިގެންދާހާ އަވަހަކަށް ފުޓްބޯޅައިގެ ހަރަކާތްތައް ފަށާނެ ކަމަށާއި، އެކަމަކު ހުރިހާ ކަމެއް ނިމިގެން ދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުން ނިންމަވާ ނިންމެވުމަކަށް ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ލީގު އަލުން ފަށާއިރު ވަކި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށާއި އެކަން އެފްއޭއެމުގެ މެޑިކަލް ޑިޕާޓްމަންޓުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ކްލަބުތަކުން ތަމްރީނުތައް ފަށާއިރު އަމަލުކުރަން ޖެހޭނެ އަސޫލުތަކާއި މުބާރާތްތައް ކުރިއަށްދާނެ ގޮތުގެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ އުސޫލުތައް އެޗްޕީއޭ އާއި ސަރުކާރަށް ހިއްސާ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ކުރިން އޭޝިއާގެ ގައުމެއް ކަމަށްވާ ދެކުނު ކޮރެއާ އިން ވަނީ އެ ގައުމުގެ ލީގު އަލުން ފަށާފައެވެ. އަދި ޔޫރަޕްގެ ޖަރުމަނުން ވަނީ ހޮނިހިރު ދުވަހު ޖަރުމަން ލީގު އަލުން ފަށާފައެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް ރާއްޖެއިން މި ވައިރަހަށް 1078 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ވައިރަސް ޖެހިގެން ރާއްޖެއިން 4 މީހަކު މަރުވެފައިވާއިރު، 49 މީހަކު ވަނީ ވައިރަހުން ރަނގަޅު ވެފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު