Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންޓެކްޓްސް ބޮޑުތަނުން މަދުވުން

ކޮންޓެކްޓްސް ބޮޑުތަނުން މަދުވެއްޖެ: ޑރ. ނަޒްލާ

މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މެއި 2020 | ހޮނިހިރު 23:40
ޑރ، ނަޒްލާ ރަފީގު؛ ކޮންޓެކްޓްސް މަދުވެފައިވަނީ ލޮކްޑައުންގެ ސަބަބުން ކަމަށް ޑޮކްޓަރު ވިދާޅުވި

ޑރ، ނަޒްލާ ރަފީގު؛ ކޮންޓެކްޓްސް މަދުވެފައިވަނީ ލޮކްޑައުންގެ ސަބަބުން ކަމަށް ޑޮކްޓަރު ވިދާޅުވި

ފަހުން ފެންނަ ކޮވިޑް-19 ގެ ކޭސްތަކުގެ ކޮންޓެކްޓްސްގެ އަދަދު ބޮޑުތަނުން މަދުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރު ނަޒުލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ފުރަތަމަ ފެންނަން ފެށި އިރު ގިނަ ކޮންޓެކްޓްސްތަކެއް ފެންނަމުން ދިޔަ ކަމަށެވެ. މީގެ ކުރިން ފެނުނު އެއް ކޭސްއެއްގެ ކޮންޓެކްޓްސް 500ށް ވުރެ ގިނަ ކަމަށް ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފައި ވެއެވެ.

ލޮކްޑައުންގެ ފަހުން ޕޮޒިޓިވްވެގެން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ސަބަބު އޮޅުންފިލުވައި ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެއީ ޓެސްޓް ކުރެވޭ މިންވަރު އިތުރުވުމުން ކަމަށެވެ. މިހާރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓްސް މަދުކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެއީ ލޮކްޑައުން ކުރުމާއި ގުޅިގެން އައިސްފައިވާ ބަދަލެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ 66 ކޭސްގެ 1868 ކޮންޓެކްޓްސް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ޖެހިގެން އައި ހަފުތާގައި 191 ކޭސްގައި 1972 ކޮންޓެކްޓް ފާހަގަވި އިރު، އޭގެ ޖެހިގެން އައި ހަފުތާގައި 341 ކޭހުން 1261 ކޮންޓެކްޓްސް ފެނުނު ކަމަށެވެ. މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2019

ގަވާއިދަށް ގެނައި ބަދަލާއެކު އުލިގަމަށް އަންނަ ޔޮޓްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ: އުލިގަމް ކައުންސިލް

01 ޑިސެމްބަރު 2019
ގަވާއިދަށް ގެނައި ބަދަލާއެކު އުލިގަމަށް އަންނަ ޔޮޓްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ: އުލިގަމް ކައުންސިލް
22 އޯގަސްޓު 2019

ލޯކަލް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނަން: ހަސަން ލަތީފް

22 އޯގަސްޓު 2019
ލޯކަލް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނަން: ހަސަން ލަތީފް
09 އޯގަސްޓު 2019

ބޮޑު އީދަށް ހޯރަފުށި އޮތީ ބޮޑުތަނުން ތައްޔާރަށް

09 އޯގަސްޓު 2019
ބޮޑު އީދަށް ހޯރަފުށި އޮތީ ބޮޑުތަނުން ތައްޔާރަށް
17 އެޕްރީލު 2019

ރޯދައަށް މޯލްޑިވިއަންގެ ޓިކެޓް ބޮޑުތަނުން އަގުހެޔޮ ކޮށްފި

17 އެޕްރީލު 2019
ރޯދައަށް މޯލްޑިވިއަންގެ ޓިކެޓް ބޮޑުތަނުން އަގުހެޔޮ ކޮށްފި
18 ޑިސެމްބަރު 2018

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް މަދުވެއްޖެ

18 ޑިސެމްބަރު 2018
ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް މަދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު