Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ކްރީމް ޗީޒް ގޭގައި ތައްޔާރުކޮށްލަން މިއޮތީ ފަސޭހަ ގޮތެއް!

ޗީޒް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެއް، މިޗީޒް ގޭގައި ތައްޔާރުކޮށްލަން މާ ގިނަ ވަގުތެއް ނުނަގާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 16 މެއި 2020 | ހޮނިހިރު 05:57
ކްރީމް ޗީޒް

ކްރީމް ޗީޒް

ފުރަބަންދުގަ ގޭގައި ތިބޭއިރު، ކައްކަން ބޭނުންވާ ބައެއް ތަކެތި ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެއެވެ. އެހެންކަމުން މި ދަނޑވަޅުގައި ބޭނުންވާނީ ގޭގައި ހުރި އެއްޗެއް ނުވަނަ ފަސޭހައިން ލިބެން ހުންނަ އެއްޗެއް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރުކޮށް ލުމަށެވެ. ކައްކަން ބޭނުންކުރާ "ރެޑީ މޭޑް" ބައެއް ބާވަތްތައް ގޭގައި ވެސް ތައްޔާރުކޮށްލެވި ދާނެއެވެ. މިއަދު މި ހިއްސާ ކޮށްލަނީ އެގޮތެއް ގޭގައި ތައްޔާރުކޮށް ލެވިދާނެ، އަދި ކުޑަކުދިންނަށް ވަރަށް ކަމުދާނެ ބާވަތެެކެވެ.

ކައްކަން ބަލާއިރު ޗީޒް ހުސްވެފައި ހުއްޓަސް އެކަމާ ހާސްވާނެ ކަމެއް ނެތެއެވެ. މިއޮތީ ގޭގައި ޗީޒް ތައްޔާރު ކޮށްލެވިދާނެ ގޮތެކެވެ.

ފުރަތަމަ ¼ ޖޯޑު ފެނުގެ ތެރެއަށް ލެމަން ޖޫސް ނުވަތަ ވިނެގަރ އަޅައިގެން ގިރާލުމަށް ފަހު އެއްފަރާތުގައި ބަހައްޓާށެވެ. ދެން ތެއްޔެއްގެ ތެރެއަށް ކިރު އަޅައިގެން ކައްކާށެވެ. ކިރު ކެކި މައްޗަށް އަރަން ފެށުމުން އުނދުން ނިންވާލުމަށް ފަހު، 1 މިނެޓު ވަންދެން ހަލާށެވެ. ދެން އޭގެ ތެރެއަށް ކުރިން ގިރާލި ލެމަން ޖޫސް އަޅައިގެން ދޭފަތުން ހަލަމުންދާށެވެ. ހަލަމުންދާ ވަރަކަށް ގުޅަވަމުން ދާނެއެވެ.

ކިރާ ފެނާއި ވަކިވެ ގުޅަވާން ފެށުމުން ފުރާނާލާށެވެ. ފުރާނާއިރު، މަތީގައި ހުދު ފޮތިކޮޅެއް އަޅައިގެން ފުރާނާށެވެ. ގުޅަވެފައި ހުރި ކިރާއި ފެން ވަކިކޮށްލުމަށް ފަހު، އޭގެން ނެގުނު ފެން ވަކިން ބަހައްޓާށެވެ. ދެން ފުރޭނި ކިރުގަނޑު މައްޗަށް އަނެއްކާވެސް ފެން އަޅައިގެން އޭގައި ހުރި ރަހަ ކަނޑުވާލާށެވެ.

މިގޮތަށް 15 މިނެޓް ފުރޭނީގައި ބެހެއްޓުމަށް ފަހު މިކްސަރުގައި 1/3 ސަމުސާ ލޮނު އަޅައިގެން އޮމާން ވަންދެން ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކޮށް ނިމުމުން މަތި ރަނގަޅަށް ބާރު ކުރެވޭ ކޮންޓެއިނަރ އަކަށް ޗީޒް އެޅުމަށް ފަހު ފްރިޖް ކޮށްލާށެވެ.

މިހާރު މިހިރީ ޗީޒް ތައްޔާރުކޮށް ނިމިފައެވެ. މި 10 ދުވަސް ވަންދެން ވެސް ބޭނުންކޮށް ލެވިދާނެއެވެ.

އިތުރަށް ކިޔާލަން

03 މެއި 2020

ގެރިކިރު ގޭގައި ތައްޔާރުކޮށްލާނީ ކިހިނެއް؟

03 މެއި 2020
ގެރިކިރު ގޭގައި ތައްޔާރުކޮށްލާނީ ކިހިނެއް؟
30 އެޕްރީލު 2020

ސަލާމީ އެންޑް ޗީޒް ފްރިޓާޓާ

30 އެޕްރީލު 2020
ސަލާމީ އެންޑް ޗީޒް ފްރިޓާޓާ
30 އެޕްރީލު 2020

ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް

30 އެޕްރީލު 2020
ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް
29 އެޕްރީލު 2020

ޕޮޓޭޓޯ ޗީޒް ބޯލްސް

29 އެޕްރީލު 2020
ޕޮޓޭޓޯ ޗީޒް ބޯލްސް
19 މެއި 2019

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

19 މެއި 2019
ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު