Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިރިސްކް މީހުންގެ ކަންކަަމަށް ސަމާލުވުން

ހައިރިސްކް މީހުންގެ ފަރުވާ މެދުކަނޑާ ނުލާ، އެއީ ކޮވިޑް ޖެހިއްޖެނަމަ ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ޑރ. ޝަހީދު

ބޭސްތައް އަދި ފަރުވާ ކުރުމަށް ބޭނުންކުރާ އެކިއެކި ލިޔުންތައް ތަރުތީބުކޮށް ފަސޭހައިން ފެންނާނެ ގޮތަކަށް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މެއި 2020 | ހޮނިހިރު 00:28
އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ - ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކުން ގަވާއިދުން އެކަން ކުރުމަށް ޑޮކްޓަރުން ވަނީ އިލްތިމާސް ކޮށްފައި

އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ - ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކުން ގަވާއިދުން އެކަން ކުރުމަށް ޑޮކްޓަރުން ވަނީ އިލްތިމާސް ކޮށްފައި

ދާއިމީ ބަލީގެ ބޭސް ބޭނުންކުރާ މީހުންގެ ފަރުވާ މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަކީ ކޮވިޑުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޑޮކްޓަރުންގެ ޕެނަލްގައި ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އާންމުކޮށް ފަރުވާ ކުރަމުންދާ ބަލިތަކުގެ ތެރޭގައި ހިމެނޭ ހަކުރު ބަލި، ހިތުގެ ބަލިފަދަ ބަލިތަކަށް ފަރުވާ ކުރާ ބޭސްތައް މެދުކަނޑާ ނުލާ, ފަރުވާތައް ކުރިއަށް ގެންދިއުން މުހިންމު ކަމެއް ކަމަށެވެ. އަދި ސަބަބަކީ މި ބަލިތައް ކޮންޓްރޯލް ކޮށްފައި ބެހެއްޓުމަކީ ކޮވިޑް-19 ޖެހުމުގެ ސަބަބުން ބަލި ހާލު ޖެހުމުގެ ފުރުސަތުވެސް ކުޑަވާނެ ކަމަކަށްވާތީ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ބޭނުން ކުރަމުންދާ ބޭސްތައް އަދި ފަރުވާ ކުރުމަށް ބޭނުންކުރާ އެކިއެކި ލިޔުންތައް ތަރުތީބުކޮށް ފަސޭހައިން ފެންނާނެ ގޮތަކަށް ބެހެއްޓުން މުހިންމު ކަމަށާއި، އެއީ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ވެސް ގެންދަން ފަސޭހަވާނީ އެއިރުން ކަމަށް ޑރ. ވިދާޅުވިއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކް މީހުން ބަލިވެއްޖެ ހިނދެއްގައި ސިއްހީ ނިޒާމުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ނުވަތަ އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި އިސްކަންދެވޭނެ އިންތިޒާމްތަކެއް ސިއްހީ ފަރުވާދޭނެ ނިޒާމުގެ ތެރެއިން ކަނޑައެޅިފައި ހުރުން މުހިންމު ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޕެނަލްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ދިރާސާތައް ދައްކާގޮތުން ކޮވިޑް-19 ޖެހުމުގެ ސަބަބުން ބަލި ބޮޑުވުމުގެ ސަބަބުން އާންމުކޮށް އެޑްމިޓް ކުރަން ޖެހެނީ އުމުރުން ދުވަސްވީ މީހުން ނުވަތަ 65 އަހަރުން މަތީ މީހުން ކަމަށެވެ. އަދި މީގެ އިތުރުން ދިގު މުއްތަކަށް ފަރުވާކުރަންޖެހޭ ބަލި މީހުން ހިމެނޭ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ އެކިއެކި ބަލިތަކަށް ފަރުވާ ކުރުމުގެ ގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށްވާ ފަދަ ބޭސް ނުވަތަ ހައިޑޯޒް ސްޓްރޮއިޑްސް ބޭސް ނަގާ މީހުންނަކީ ވެސް ކޮވިޑްގެ ނުރައްކާ ބޮޑެތި މީހުން ކަމަށެވެ. މީގެ އިތުރުން ކީމޯ ތެރަޕީއާއި ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށްވާފަދަ ބޭސް ބޭނުންކުރާ މީހުންނަކީ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ގެއިން އެއްވެސް ވަރަކަށް ނުނިކުމެވިފައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން އަދި އެނދުމަތިވެފައިވާ މީހުން ޕޮޒިޓިވްވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ޕޮޒިޓިވް ވަނީ ގޭގައި ތިބޭ އެހެން މީހުންގެ ޒަރިއްޔާއިން ނުވަތަ ބަލަހައްޓަމުންދާ ކޮންމެވެސް މީހެއްގެ ޒަރިއްޔާއިން ކަމަށެވެ.

އެހެންކަމުން ގޭތެރޭގައި ތިބޭ ދުޅަހެޔޮ މީހުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، އެގޮތަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެބޭފުޅުންވެސް ގެއިން ބޭރަށް ނުގޮސް ގޭގައި މަޑުކުރުން މުހިންމު ކަމަށެވެ. އަދި އޭގެ އިތުރުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަލިވެއްޖެ ހިނދެއްގައި މާސްކް އެޅުމާއި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހަކު ނުވަތަ ބަލަހައްޓަމުންދާ ބަލި މީހަކަށް އެޓެންޑް ކުރުމުގައި މާސްކް އެޅުން ވަރަށް މުހިންމު ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ބަލި މީހުންނަށް ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމަށްޓަކައި މީހަކު ކަނޑައަޅާފައި ހުންނަ ނަމަ ކޮންމެވެސް އެކަކު ކަނޑައަޅާފައި ބެހެއްޓުމާއި، އަޅާލުމަށްޓަކައި ކަނޑައަޅާފައި ހުންނަ މީހާއަކީ ވީހާވެސް ގެއިން ބޭރަށް ނުނުކުމެ ހުންނަ މީހަކަށްވުން މުހިންމު ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވީ މީހަކަށް އަދި އަޅާލަންޖެހޭ މީހެއް ނަމަ ބަލަހައްޓަން ހުންނަ މީހާ ވެސް މާސްކް އެޅައިގެން އުޅުން އަދި ސާފްތާހިރުކަމަށް އިސްކަންދިނުން މުހިންމު ކަމަށެވެ. އަދި މިއާއެކު ހައިރިސްކް މީހުން ބޭނުންކުރާ ތަށި ސަމްސާ ފަދަ ތަކެތި ވަކިން ހާއްސަކޮށްފައި އެހެން މީހުން ބޭނުން ނުކުރާ ގޮތަށް ބެހެއްޓުން މުހިންމު ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު