Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެތްލީންގެ ބަހުގެ ހަމަލާތަކެއް ޓްރަމްޕަށް

ޓެސްޓް ކުރުމަކީ ކޯއްޗެއް ކަން ޓްރަމްޕަށް އެނގިވަޑައެއްނުގަންނަވާ: ކެތްލީން

ޓެސްޓް ކުރުމާއި، ސޯޝަލް ޑިސްޓޭންސިންގއާއި މާސްކްގެ މުހިންމުކަން ޓްރަމްޕަށް އެނގިވަޑައި ނުގަންނަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2020 | ހުކުރު 02:54
ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސްގެ ކުރީގެ ސެކްރެޓަރީ ކެތްލީން ސެބެލިއަސް (ވ) އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ (ކ)

ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސްގެ ކުރީގެ ސެކްރެޓަރީ ކެތްލީން ސެބެލިއަސް (ވ) އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ (ކ)

ކޮވިޑް-19 ގައި އެމެރިކާގެ ކޭސްތައް އިތުރުވެފައިވާ އިރު، ބައްޔަށް ޓެސްޓް ކުރުމަކީ ކޯއްޗެއް ކަމެއް އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕަށް އެނގިވަޑައި ނުގަންނަވާ ކަމަށް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސްގެ ކުރީގެ ސެކްރެޓަރީ ކެތްލީން ސެބެލިއަސް ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން 1.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، މިއީ މުޅި ދުނިޔޭގައި ބަލި ޖެހުނު މީހުންގެ ހަތަރުބައިކުޅަ އެއްބަ އެވެ. އެމެރިކާގައި މިހާތަނަށް 86،000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސީއެންއެންގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކެތްލީން ވިދާޅުވީ އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ޓެސްޓް ކުރެވިފައިވަނީ އެމެރިކާގައި ކަމަށް ވިދާޅުވުމަކީ ދޮގެއް ކަމަށެވެ. އަދި އެންމެ ގިނަ މީހުންނާއި، އެންމެ ގިނަ ޓެސްޓް ކުރެވުނީ އެމެރިކާގައި ނަމަވެސް އާބާދީގެ ނިސްބަތުން ބަލާއިރު އެމެރިކާ އޮތީ މާ ފަހަތުގައި ކަމަށް ކެތްލީން ވިދާޅުވި އެވެ.

އެމެރިކާގެ އާބާދީއަކީ 328.2 މިލިއަނެވެ. މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެގައުމުގައި 10.6 މިލިއަން ޓެސްޓް ވަނީ ހަދާފަ އެވެ. އަދި މިއީ އާބާދީގެ ނިސްބަތުން ކޮންމެ 1 މިލިއަން މީހެއްގެ ތެރެއިން 32,141 މީހުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކިފަހަރު މަތިން އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ޓެސްޓް ކުރެވުނުކަމަށް ވިދާޅުވެފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ނިސްބަތުން މިއީ ގިނަ އަދަދެއް ކަމަށާއި، ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް އެންމެ ގިނައީ އެމެރިކާގައި ކަމަށް ވިދާޅުވެ އެއީ ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.

ނުސީދާ ގޮތެއްގައި ޓްރަމްޕް ގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ކެތްލީން ވިދާޅުވީ ޓެސްޓް ކުރުމާއި، ސޯޝަލް ޑިސްޓޭންސިންގ އާއި މާސްކުގެ މުހިންމުކަން ޓްރަމްޕަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އެގައުމުގައި މަރުވި މީހުންގެ އަދަދު 85 ހާހަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ކުރީގެ އެކްޓިންގ ޑިރެކްޓަރ ޑރ. ރިޗަރޑް ބެސްސަރ ވިދާޅުވީ ޓެސްޓް ކުރުމުގެ އަމާޒަކަށް ވާން ޖެހޭނީ ވީހާވެސް ގިނަ ކޭސްތައް ދެނެގަތުން ކަމަށެވެ. އަދި ކޮންމެ ކޭސްއެއްގައި ހިމެނޭ މީހަކީ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާން ޖެހޭނެ މީހެއް ނޫން ކަމަށެވެ. އަދި ޓެސްޓް ކުރުމުން ފެންނަ ކޮންމެ ކޭސް އަކީ މުޖްތަމައު ތެރޭގައި އިތުރަށް ބަލި ފެތުރިގެން ގޮސްދާނެ ކަމަށް ބެލެވިދާނެ ކޭސް އެއް ކަމަށެވެ.

ނަމަވެސް އެމެރިކާ އޮތީ މިގޮތުގައި ނޫން ކަމަށާއި، ޓެސްޓް ކުރުމުގައި ވެސް ގޯސްތަކެއް ހައްދަވާ ކަމަށާއި، ނަސްލީ ތަފާތުކުރުން ފަދަ ކަންކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ ގިނަ ޓެސްޓް ތަކެއް ކުރެއްވޭނަމަ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނުމަކީ ޓެސްޓިން ކުރުމުގައި އެމެރިކާއިން ކުރި ހޯއްދަވާފައިވުން ކަމަށާއި، ޓެސްޓް ނުކުރެވޭނަމަ ކޭސްތައް ފެންނަ އަދަދު މަދުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު