Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ކާފިއު މުއްދަތު އިތުރުކުރުން

ކުޅުދުއްފުށި ސިޓީގެ ކާފިއު 4 ވަނަ ފަހަރަށް އިތުރުކޮށްފި

ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2020 | ހުކުރު 00:24
ކުޅުދުއްފުށި ސިޓީގައި ބާއްވަ ހޮނިހިރު ބާޒާރުގެ ތެރެއިން؛ އެ ސިޓީގައި 4 ވަނަ ފަހަރަށް ކާފިއު މުއްދަތު އިތުރުކޮށްފައިވާ އިރު، މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވ

ކުޅުދުއްފުށި ސިޓީގައި ބާއްވަ ހޮނިހިރު ބާޒާރުގެ ތެރެއިން؛ އެ ސިޓީގައި 4 ވަނަ ފަހަރަށް ކާފިއު މުއްދަތު އިތުރުކޮށްފައިވާ އިރު، މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވ

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާތީ އެ ސިޓީގެ ކޮވިޑް-19 ޓާސްކު ފޯހުން ކާފިއުގެ މުއްދަތު އަނެއްކާވެސް 9 ދުވަހަށް އިތުރުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީގައި ފުރަތަމަ ކާފިއު ހިންގީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެ މުއްދަތު ދެވަނަ ފަރަހަށް އިތުރުކުރީ 1 މެއިގެ މެންދުރު 12:00 އިގެ ނިޔަލަށެވެ. އަދި ތިން ވަނަ ފަހަރަށް 7 ދުވަސް އިތުރު ކޮށްފައިވާއިރު، ކާފިއުގެ މުއްދަތު ބުރާސްފަތި ދުވަހަސް ވަނީ ހަމަވެފަ އެވެ. ނަމަވެސް އިތުރު 9 ދުވަހަށް ކާފިއު އިތުރުކޮށްފައި ވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ހިންގާފައިވާ ކާފިއުގެ މުއްދަތު 23 މެއި 2020 ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކުރަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކާފިއު ހިންގަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމުގެގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ޞަރަޙައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮތް މިންވަރަށާއި، ޙާލަތަށް ރިޢާޔަތްކޮށް، އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާޢީ ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދެއްވާފައިވާ ބާރުގެ ދަށުންނެވެ.

ކުޅުދުއްފުށީގައި ކާފިއު އިޢުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ތަކުގައި އެއްވެސް ވިޔަފާރިއެއް އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުމަކީ ވެސް މަނާ ކަމެކެވެ. ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ޚިދުމަތް ދިނުމަށް އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް އެ އިދާރާއިން ދޭ އިރުޝާދާ އެއްގޮތަށް ނިޒާމެއް ރޭވުމަށް ވަނީ އަންގާފަ އެވެ.

އަދި މި ނޫން ގޮތަކަށް އާންމުންނަށް ޙިދުމަތް ދިނުމަކީ މަނާކަމެއްކަމެއް ކަމަށާއި، އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ކުރާނެ ކަަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު