Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމު \"ގުލާބޯ ސިތާބޯ\"

ފިލްމު "ގުލާބޯ ސިތާބޯ" އެމެޒޯން ޕްރައިމްގައި ރިލީޒް ކުރަނީ

ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ސުޖިތް ސިރްކާސް

އައިޝަތު ޝާން
އައިޝަތު ޝާން | 14 މެއި 2020 | ބުރާސްފަތި 18:15
ފިލްމު \"ގުލާބޯ ސިތާބޯ\" ގައި އަމީތާބް އާއި އަޔޫޝްމަން

ފިލްމު \"ގުލާބޯ ސިތާބޯ\" ގައި އަމީތާބް އާއި އަޔޫޝްމަން

ސުޖިތް ސިރްކާސް ޑައިރެކްޓްކުރި ފިލްމު ގުލާބޯ ސިތާބޯ 12 ޖޫން އިން ފެށިގެން އެމެޒޯން ޕްރައިމްގައި ސްޓްރީމް ކުރަން ނިންމައިފި އެވެ.

އެމެޒޯން ޕްރައިމް އިން މި ފިލްމު ޖޫން 12 އިން ފެށިގެން ރިލީޒް ކުރާނެކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހުގަ އެވެ. މިއީ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ އެވެ.

ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން އަމީތާބް ބުނީ މިއީ އާއިލާ އާއެކު ގޭގަ ތިބެގެން ކޮންމެހެންވެސް ބަލާލަން ޖެހޭ ފިލްމެއް ކަމަށެވެ. އަމީތާބްގެ ރޯލް ޑައިރެކްޓަރު ފުރަތަމަ ދައްކާލި އިރުން ފެށިގެންވެސް ވަރަށް ގަޔާވި ކަމަށް އޭނާ ބުންޏެވެ. އަދި އަޔޫޝަމަން އާއެކު މަސައްކަތް ކުރެވުނީތީ އުފާކުރާ ކަމަށް އަމީތާބު ބުނެ އެވެ.

އަޔޫޝްމަން އަކީ ސުޖިތު 2012 ވަނަ އަހަރު ފިލްމު" ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފު ކުރި އެކްޓަރެކެވެ. އަޔޫޝްމަން ބުނީ މި ފިލްމަކީ އޭނާއަށް ވަރަށް ޙާއްސަ ފިލްމެއް ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރ ސުޖިތް އާއެކު އަލުން މަސައްކަތްކުރަން ލިބުމުންނެވެ.

އޭނާ ބުނީ މިއަދު އޭނާ އަށް މި އަދެވުނު ހިސާބަށް އާދެވުމުގައި ސޫޖިތް ގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. އަދި އަމީތާބް އާއެކު މަސައްކަތް ކޮށްލަން ލިބުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށްވެސް އަޔޫޝްމަން ބުނެފައި ވެއެވެ. މިކަން ވެސް މަގުފަހި ކޮށްދިނީ ޑައިރެކްޓަރ ސުޖިތް ކަމަށް އަޔޫޝްމަން ބުންޏެވެ. އެހެންކަމުން އޭނާ އަބަދުވެސް މިކަމަށް ޝުކުރުވެރިވާނެ ކަމަށް ބުންޏެވެ.

މިފިލްމު ވެގެން ދާނީ އަމީތާބާއި އަޔޫޝްމަން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު