Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެރެގުއޭ އިން ރޮނާލްޑީނިއޯ ހައްޔަރުކުރުން

ރޮނާލްޑީނިއޯ އެނބުރި ބްރެޒިލަށް ދިޔުމުގެ އުންމީދުގައި

ޕެރެގުއޭ އިން ރޮނާލްޑީނިއޯ ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއިއެކު އެގައުމަށް އެތެރެވާން އުޅުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 މެއި 2020 | ބުރާސްފަތި 12:08
ރޮނާލްޑީނިއޯ ޕެރެގުއޭގެ ކޯޓުން ނުކުންނަނިކޮށް: މިހާރު ރޮނާލްޑީނިއޯ ހުރީ ގޭ ބަންދުގައި

ރޮނާލްޑީނިއޯ ޕެރެގުއޭގެ ކޯޓުން ނުކުންނަނިކޮށް: މިހާރު ރޮނާލްޑީނިއޯ ހުރީ ގޭ ބަންދުގައި

ރޮނާލްޑީނިއޯ ހުރީ މައްސަލަ ނިމި، އެނބުރި އުފަން ގައުމު ކަމަށްވާ ބްރެޒިލަށް ދިޔުމުގެ އުންމީދުގައި ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

މާޗު މަހުގެ ހަތަރުވަނަ ދުވަހު ޕެރެގުއޭ އިން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއިއެކު އެގައުމަށް އެތެރެވާން އުޅުމުންނެވެ. ޖަލުގައި ރޮނާލްޑީނިއޯ 32 ދުވަސް ހޭދަކުރިއިރު، ކަފާލާތުގެ ދަށުން ދެބެން ޖަލު ބަންދުން ވަނީ ދޫކޮށްލާފައެވެ. އަދި މައްސަލަ ނިމެންދެން ތިބެން ޖެހޭނީ ގޭ ބަންދުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ގޭ ބަންދުކޮށްފައިވަނީ ޕެރެގުއޭގެ ހޮޓަލެއްގައެވެ.

ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ދޫކޮށްލަން ކޯޓުން ނިންމީ ޖޫރިމަނާގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދިނުމަށް ރޮނާލްޑީނިއޯ ހުށަހެޅުމުންނެވެ.

ރޮނާލްޑީނިއޯ ހައްޔަރުކުރިތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ދާދި ފަހުން އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯގެ ވަކީލަކު ބުނީ މައްސަލަ ނިމި، އެނބުރި ގައުމަށް ދާން ރޮނާލްޑީނިއޯ ހުރީ ކެތްމަދުވެފައި ކަމަށެވެ. އެކަމަކު މައްސަލަ ނިމެންދެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ތަހުގީގަށް ރޮނާލްޑީނިއޯ ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ރޮނާލްޑީނިއޯ ބުނީ ބުނީ ޕެރެގުއޭ އިން ހައްޔަރުކުރުމުން ހައިރާންވި ކަމަށެވެ. އަދި އޭނާ އަށް ދީފައިވާ ޕާސްޕޯޓަކީ ފޭކް ޕާސްޕޯޓެއްކަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލާފައެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީވެ އެވެ.

ޖަލުގައި ހުރި ދުވަސްތަކުގައި ރޮނާލްޑީނިއޯ ވަނީ ޕެރެގުއޭ ޖަލުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ބައިވެރިވެ އޭނާގެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އެ މެޗުން އޭނާގެ ޓީމު 2-11 ގެ ނަތީޖާއަކުން މޮޅުވިއިރު، ރޮނާލްޑީނިއޯ ވަނީ އެމެޗުގައި ކުޅެން އަރާ 5 ލަނޑު އެޓީމަށް ކާމިޔާބުކޮށް 6 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު