Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަރުވާ ނުދެވި ބަނޑަށް ދަރިފުޅު މަރުވުން

ފަރުވާނުދެވި ހުއްޓާ، މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

ތޮއްޑޫ ސިއްހީ މަރުކަޒުގައި މުވައްޒަފުން އިންތިހާއަށް މަދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 14 މެއި 2020 | ބުރާސްފަތި 11:56
ތޮއްޑޫ ސިއްހީ މަރުކަޒު

ތޮއްޑޫ ސިއްހީ މަރުކަޒު

ފަރުވާ ނުދެވި ހުއްޓާ އއ. ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.

ކަމާބެހޭ އިދާރާތަކަށް ފަރުވާ ނުދެވި ހުއްޓާ ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެފައިވާ މައްސަލައެއް ބުރާސްފަތި ދުވަހު ވަނީ ފެންމަތި ވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގޮތުގައި މާބަނޑު މީހަކަށް ތޮއްޑޫ ޞިއްޙީ މަރުކަޒުން ޚިދުމަތް ނުދެވި، ރަސްދޫ ހޮސްޕިޓަލަށް ގެންދަން ހުއްދަ ނުލިބުމުގެ ސަބަބުން އޭނާގެ ބަނޑަށް ދަރިފުޅު މަރުވެފައިވާކަމަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ޞިއްޙީ މަރުކަޒަަށް ގެންދިޔައީ ބުދަ ދުވަހުގެ ވަގުތެއްގައި ކުއްލިއަކަށް ބަނޑަށް ތަދުވާން ފެށުމުންނެވެ. އެހެންނަމަވެސް، އޭނާ ވިއްސާނެ އެއްވެސް ވަޞީލަތެއް އެ މަރުކަޒުގައި ނެތް ކަމަށް ޚަބަރު ލިބެއެވެ.

'ރާއްޖެއެމްވީ' އިން އެރަށު ހެލްތު އޮފިސަރަކާއި ގުޅާލުމުން މިކަމާއި ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ނުދެއްވިއެވެ.

މިކަމާއި ގުޅިގެން ރަށު ކައުންސިލާއި ގުޅާލުމުން ބުނީ އެމީހާއަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލުން ދިން ކަމަށެވެ. އެހެން ނަމަވެސް، ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތް ވާހަކަ ބުނި ކަމަށެވެ.

'ރާއްޖެއެމްވީ' އިން އަތޮޅު ހޮސްޕިޓަލާއި ގުޅާލުމުން ބުނީ އެމީހާ އަކީ 'ހައި ރިސްކު' ޕޭޝަންޓެއް ކަމަށެވެ. އެއީ ދުވަސް ނުފުރާ ވިހާ މީހެއް ކަމަށްވުމާއެކު، ކުއްޖާ ވިހެއުމަށް ފަހު ކުއްޖާއަށް ފަރުވާދެވޭނެ ނަރސަރީ އެއް ނެތް ކަމަށެވެ. ހޮސްޕިޓަލުގެ ޙާލަތު ހުރިގޮތުންނާއި، ބަލި މީހާގެ ހާލަތަށް ރިޢާޔަށް ކޮށް، ހޮސްޕިޓަލުން ޚިދުމަތް ނުދެވޭނެ ކަމަށް އެންގި ކަމަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަށް އެ ދާއިރާގެ މެންބަރު އަހުމަދު ޝިޔާން ވެސް ވަނީ ކޮމެންޓު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، ނައިބު ރައީސް ފައިސަލް ނަސީމުގެ ބެއްލެވުމުގެ ދަށުން އެކަން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި މިކަން ތަކުރާރުވިޔަ ނުދިނުމަށް ޙައްލު ކުރަން ޖެހޭ ކަންކަން ޙައްލު ކުރަމުން އަންނަ ކަމަށެވެ.

އއ. ތޮއްޑޫ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލު ކުރީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ޞިއްޙީ މަރުކަޒުގައި އެންމެ ވޯޑެއް ހުރި އިރު، އެތާނގައި ހުރީ އެންމެ 4 އެނދެވެ. ކުޑަކުއްޖަކު ބަލިވިޔަސް، މުސްކުޅި މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ބޭނުން ވިޔަސް އެންމެން ތިބެންޖެހެނީ އެއް ވަރޑެއްގައެވެ. އަދި އެމަރުކަޒުގައި ހުރީ ޢާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެކެވެ.

އަތޮޅު ހޮސްޕިޓަލާއި އަތޮޅުގެ އެންމެ އާބާދީ ބޮޑު ކުރިއަރަމުން އަންނަ ތޮއްޑޫގެ ޞިއްޙީ މަރުކަޒުގެ ޙާލަތު ރަނގަޅުވާން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމުން ނުފުދޭ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ވަޞީލަތްތަކާއެކު އެކަށީގެންވާ ފަރުވާ ލިބެންޖެހޭ ކަމަށް ވެސް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު