Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކަށް ގާނޫނީ ހުސްކަން

ލާމަރުކަޒީ ހާއްސަ ބިލުން، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދަންމައެއް ނުލެވޭނެ: ކައުންސެލް ޖެނެރަލް

14 މެއި 2020 | ބުރާސްފަތި 07:56

ޖޫން 3ގެ ނިޔަލަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މެއި 2020 | ބުރާސްފަތި 07:56
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙުކޮށްގެން ނޫނީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުުރު އިތުރު ނުކުރެވޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙުކޮށްގެން ނޫނީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުުރު އިތުރު ނުކުރެވޭނެ ކަމަށް

ލޯކަލް ކައުންސިލްތަކަށް ޤާނޫނީ ހުސްކަމެއް އަޔަނުދީ، މި ޙާލަތުގައި ގެނެވޭނެ ޤާނޫނީ ޙައްލަކީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލަކީ މަޖިލީހުގެ ރައީސަށާއި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން، ޤާނޫނީ ލަފާ ދެއްވާ ފަރާތެވެ.

Advertisement - newsAdvertisement

ފިލްޒާ މިގޮތަކަށް ލަފާ ދެއްވާފައިވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން މިހާރު ދިރާސާ ކުރަމުންދާ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020"، އެކޮމެޓީން ދިރާސާކުރަމުންދާތީ، އެކޮމެޓީގެ އެދުމުގެ މަތިން ނެވެ.

އެބިލާ ގުޅިގެން މީގެކުރިން އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތުގެ ލަފާފުޅެއްވެސް ލާމަރުކަޒީ ކޮމެޓީން ހޯއްދަވާފައި ވެއެވެ. އެޓަރނީ ޖެނެރަލް ރިފްޢަތު ވެސް ލަފާ ދެއްވާފައިވަނީ، ލޯކަލް ކައުންސިލްތަކަށް ޤާނޫނީ ހުސްކަމެއް އަޔަނުދީ، މި ޙާލަތުގައި ގެނެވޭނެ ޤާނޫނީ ހަމައެކަނި ޙައްލަކީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށެވެ.

އެޓަރނީ ޖެނެރަލް ރިފްޢަތު އަދި މަޖިލީހުގެ ކައުސެލް ޖެނެރަލް ފިލްޒާ ވެސް ކޮމެޓީއަށް ލަފާ ދެއްވާފައި ވަނީ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)އަށް ގެނެސްފައިވާ އިޞްލާޙު ކަމަށްވާ ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި ކުރުމަށް ރިޢާޔަތް ކުރާއިރު، އެ މާއްދާ އަށް ޢަމަލު ކުރެވޭނެ އުޞޫލު ކަނޑައަޅާދީފައި ވަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގަ އެވެ. މިގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކަށް މެންބަރުން ޢައްޔަނު ކުރަންވާނީ އެ ކައުންސިލްތަކަށް މެންބަރުން ޢައްޔަނުކުރަން ފެށި ތާރީޚު ކަމަށްވާ 8 ޑިސެންބަރު 2019ށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4 މާއްދާ އެފަދައިން އޮތްހާހިނދަކު، އެމާއްދާ އިޞްލާޙު ކުރުމަކާ ނުލައި މިހާރު 3 އަހަރަށް އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޢާންމު ޤާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ.

ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަލީހަށް ހުށަހަޅުއްވާފައި ވަނީ މިދިއަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ. މިބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ.

އެބިލާ ގުޅިގެން ގިނަ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ގިނަ މެންބަރުން ވަނީ ބަހުޘް ކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އަކީ މި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި ޤާނޫނީ އެހެން ޙައްލެއް ގެނައުމަށްޓަކައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ޙަސަން ލަޠީފް ވެސް ވިދާޅުވެފައިވަނީ، މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމާއި، ރާއްޖެއަށް މިހާރު ދިމާވެފައިމިވާ ޙާލަތަކީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވޭނެ ޙާލަތެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް، އެޓަރނީ ޖެނެރަލް ރިފްޢަތު އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ ވިދާޅުވެފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައި ނުވާކަމަށާއި އެހެންކަމުން މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3 ގެ ނިޔަލަށް ހަމަވާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް