Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ އެލަވަނ

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ލިބޭނީ މާރޗުގެ ކުރިއަށް 6 މަހަށް މަސައްކަތް ކޮށްފައިވާނަމަ

މިނިވަން ކޮންޓްރެކްޓަރުންނާއި، ފަންނާނުންނާއި، އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތައް މި ކެޓަގަރީގައި ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މެއި 2020 | ބުދަ 07:40
ފަންގި ވިއުމުގެ މަސައްކަތް ކުރަނީ - އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހުއްޓިފައިވާ ފަރާތްތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައި

ފަންގި ވިއުމުގެ މަސައްކަތް ކުރަނީ - އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހުއްޓިފައިވާ ފަރާތްތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައި

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ މިއަހަރުގެ މާރޗް މަހުގެ ކުރިއަށް 6 މަސް ވަންދެން އާމްދަނީ ހޯދަމުންދިޔަ ފަރަތްތަކަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ، އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ގުޅޭ އުސޫލުގައި ވާގޮތުން، މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ 1 މާރޗް 2020ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

Advertisement - newsAdvertisement

އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ކަމަށް ބުނެފައި އެވަނީ، މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތައް ހިމެނޭގޮތުންނެވެ.

އެގޮތުން މި އުސޫލުގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ 1 މާރޗް 2020 އާ ހަމައަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކަށް ކަމަށް ޝަރުތުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން އެ ފަރާތްތަކަކީ 1 ސެޕްޓެމްބަރު 2019 އިން ފެށިގެން އަމިއްލައަށް މަސައްކަތް ކޮށް އާމްދަނީ ހޯދަމުންއައި މީހަކަށް ވާންޖެހެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވުމާއި، 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތަކަށްވުން އަދި ވަޒީފާއެއްގައި ހުރި ފަރާތެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެލަވަންސް ދޭ ގޮތަކީ 1 މާރޗް 2020 ގެ ފަހުން އާމްދަނީ ލިބުން މެދުކެނޑިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ ނުވަތަ 1 މާރޗް 2020 ގެ ފަހުން އާމްދަނީގެ ގޮތުގައި ލިބެމުންއައި އަދަދު މަދުވެފައިވާ ފަރާތެއް ނަމަ، އަދި އެ ފަރާތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަކީ، 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން އުނިކުރުމުން ޖެހޭ އަދަދެވެ.

މީގެ އިރުރުން އެލަވަންސް ދިނުމުގައި، ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، ފަސްހާސް ރުފިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ ފަސްހާސް ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައެއް ނުބެލެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެލަވަންސަށް އެދި ހުށަހަޅާ އިރު އަމިއްލަ މަސައްކަތް ކުރާ ފަރާތެއް ނަމަ، އެފަދަ ފަރާތެއްކަން ކަށަވަރުކޮށްދޭނެ ލިޔުމެއް (މަސައްކަތް ކުރުމުގެ ހުއްދައިގެ ކޮޕީ ނުވަތަ މަސައްކަތް ހަ ވާލުކުރާ އެއްބަސްވުމުގެ ކޮޕީ) އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްނަމަ، ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގު ކުރެވިފައިވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މި އެލަވަންސް ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަކަށް، މި އަހަރުގެ އެޕްރީލް މަހާއި، މެއި މަހާއި، ޖޫން މަހަށް ދެވޭ އެލަވަންސެއްގެ ގޮތުގައެވެ. އަދި ކޮންމެ މަހެއްގެ އެލަވަންސް ދެވޭނީ، ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު