Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮކްޑައުންގެ އަމުރާ ހިލާފުވުން

ލޮކްޑައުން އަމުރާ ހިލާފުވެގެން މިހާތަނަށް 3710 މީހަކު ޖޫރިމަނާ ކޮށްފި

13 މެއި 2020 | ބުދަ 07:05

އަންގަރާ ދުވަހު އެކަނި ވެސް މާލެ ސަރަހައްދުން 151 މީހަކު ޖޫރިމަނާ ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 މެއި 2020 | ބުދަ 07:05
ފުލުހުން ދަނީ އަބަދުވެސް މާލެ ސަރަހައްދުގެ މަގުތައް މޮނިޓަރ ކުރަމުން

ފުލުހުން ދަނީ އަބަދުވެސް މާލެ ސަރަހައްދުގެ މަގުތައް މޮނިޓަރ ކުރަމުން

މާލެ ސަރަހައްދުގައި ކޮވިޑް-19 ރޯގާ ފެތުރެން ފުށުމާއެކު، މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފުވި 3710 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުން އަމުރާ ހިލާފުވެގެން، މާލެއިން 3191 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެއިން 433 މީހަކު އަދި ވިލިމާލެއިން 86 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަންގަރާ ދުވަހު އެކަނި ވެސް މާލެ ސަރަހައްދުން 151 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ މާލެއިން 123، ހުޅުމާލެއިން 21 އަދި ވިލިމާލެއިން 7 މީހެކެވެ.

Advertisement - newsAdvertisement

މީގެއިތުރުން ފުލުހުން ބުނީ، ލޮކްޑައުންއާ ހިލާފުވެގެން މިހާތަނަށް 197 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން 188 މީހަކާއި ހުޅުމާލެއިން 14 އަދި ވިލިމާލެ އިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަންގާރަ ދުވަހު އެކަނި ވެސް މާލެއިން 4 މީހަކު ހައްޔަރުކޮށްފައި ވާއިރު، ހުޅުމާލެ، ވިލިމާލެއިން ލޮންޑައުންއާ ހިލާފުވެގެން މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެން ފެށުމާއެކު މިދިއަ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުން ނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ތައްތަން މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވެއެވެ. އޭގެ ތޭރޭގައި ބައެއް ރަށްތަށް ވެސް ހިމެނެއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ދައުލަތުގެ 46 އިދާރާއެއް ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާކުރާ ގޮތުގައި، ހިނގަމުންމިދާ ހަފުތާއާއި އަންނަ ހަފުތާގައި ޕޮޒިޓިވްވާ މީހުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްކުން ވަނީ ރައްކާތެރި ފިޔަވަޅުތަކާއެކު، އިޖުތިމާއީ ރައްކާތެރިކަމާއެކު އުޅުމަށް ނަސޭހަތްތެރި، އަދި ގޭގައި މަޑުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖޫން 2017

ދިދަ އާއި ލޯގޯއާ ގުޅިގެން ޖޭޕީން ހުށަހެޅި ވަގުތީ އަމުރާ ގުޅޭ ބަޔާން ބަދަލުކޮށް ނިންމައިފި

22 ޖޫން 2017
ދިދަ އާއި ލޯގޯއާ ގުޅިގެން ޖޭޕީން ހުށަހެޅި ވަގުތީ އަމުރާ ގުޅޭ ބަޔާން ބަދަލުކޮށް ނިންމައިފި
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
11 ޖޫން 2017

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
09 އެޕްރީލު 2017

ކޯޓުގެ އަމުރާ ޚިލާފެއް ނުވަން، އެފަދަ ކަމެއް ކުރާކަށް ވެސް ނުބުނަން: އަލީމް

09 އެޕްރީލު 2017
ކޯޓުގެ އަމުރާ ޚިލާފެއް ނުވަން، އެފަދަ ކަމެއް ކުރާކަށް ވެސް ނުބުނަން: އަލީމް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް