Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ޓެސްޓިންގް ކެޕޭސިޓީގެ މައްސަލަ

ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވިއްޖެ ނަމަ ސަރޖް އަޔަސް ނޭނގޭނެ

ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުހުންނަ މީހުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 މެއި 2020 | އަންގާރަ 23:40
އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

ރާއްޖޭގެ ޓެސްޓިންގް ކެޕޭސިޓީ މިހާރަށް ވުރެ އިތުރު ނުކުރެވިއްޖެ ނަމަ ކުރިއަށް 2 ހަފުތާގެ ތެރޭގައި ފެށޭ ސަރޖް ދެނެނުގަނެވިދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޓެސްޓު ކުރެވޭ މިންވަރު އިތުރު ނުކުރެވިއްޖެނަމަ މި މަހުގެ ފަހުކޮޅު އަންނާާނެ ކަމަށް ބެލެވޭ ސަރޖު ދެނެނުގަނެވިދާނެ ކަމަށެވެ. ނަމަވެސް، ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރެވިއްޖެ ނަމަ، ސަރޖްއާއި ގުޅިގެން އިތުރު ޔަގީން ކަމެއް ލިބޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުން، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުހުންނަ މީހުން ކަން ފާހަގަކުރައްވާ ޑރ. ވިދާޅުވީ، ޓެސްޓު ނުކުރެވިއްޖެ ނަމަ، އެފަދަ ކޭސްތައްވެސް ދެނެނުގަނެވޭނެ ކަމަށެވެ.

ބަލި ޖެހޭމީހުންގެ 50 އިންސައްތަ މީހުންނަކީ އަލާމާތެއް ނުފެންނަ މީހުންކަމަށް ވާއިރު ސަރޖް އައިތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނީ އެކްޓިވް ސަރވެއިލެންސްގެ ތެރެއިން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން އާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކަށް ބޯލަނބާ، ސާފުތާހިވުމުގެ ފިޔަވަޅުތަކަށް އިތުރު އިސްކަމެއްދީ، އުޅުމަށް ތަފާތު އަންނަ ވަރަކުން ބަލި ފެތުރޭ މިންވަރަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.

އެޗްޕީއޭއިގެ ޕްރޮޖެކްޝަންސްތަކުން ދައްކާ ގޮތުގައި، މި ހިނގާ މެއި މަހުގެ 31 ވަނަ ދުވަހު ކުއްލިއަކަށް ފެންނަ ކޭސްތަކުގެ އަދަދު އިތުރުވާނެ އެވެ. އަދި އެ ދުވަހު، 1523 ޕޮޒިޓިވް ކޭސް މުޖުތަމައުގެ ތެރޭގައި އަލަށް ފެންނާނެ އެވެ. އަދި މީގެ ތެރެއިން ދެނެގަނެވޭނީ 300 އެއްހާ މީހުން ކަމަށް ދައްކަ އެވެ. ނަމަވެސް، ޓެސްޓުކުރެވޭ މިންވަރު އިތުރުކުރެވިއްޖެނަމަ، މި ކޭސްތަކުގެ ތެރެއިން ދެނެގަނެވޭ އަދަދު އިތުރުވާނެ އެވެ.

ޓެސްޓު ކުރެވޭ އަދަދު މަދުވުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި މިކަން ހައްލުކުރުމަށް، ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހު، 200 ޓެސްޓު ހެއްދޭ މެޝިނެއް ގެނެވޭނެ ކަމަށް ހާމަކުރެއްވި އެވެ.

މެޝިންތައް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން ބޭނުންވާ މެޝިންތައް ގެނައުމަށް އުނދަގޫތައް ދިމާވާ ކަމަށެވެ. މި ގޮންޖެހުންތަކާއި އެކުވެސް، ރައީސް އޮފީހާއި، ސިއްހީ ވުޒާރާ އަދި އެސްޓީއޯއިން މި ވަގުތު ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު