Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރޖަށް ތައްޔާރުވެފައިވާ މިންވަރު

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި 'ސަރޖް' ތެރެއަށް ވަންނާނެ: އަލީ ވަހީދު

މިއީ ކުރިން ދެނެގަނެވިގެން ކުރިމަތިލާ ޙާލަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މެއި 2020 | ހޯމަ 11:32
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު؛ ދެތިން ދުވަސް ތެރޭގައި ސަރޖް ތެރެއަށް ވަންނަ އިރު އެކަމަށް ތައްޔާރުވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު؛ ދެތިން ދުވަސް ތެރޭގައި ސަރޖް ތެރެއަށް ވަންނަ އިރު އެކަމަށް ތައްޔާރުވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި 'ސަރޖް' ތެރެއަށް ވަންނާނެ ކަމަށާއި، ކޮވިޑްގެ ޤައުމީ ޓާސްކް ފޯހުން އެކަމަށް ތައްޔާރަށް އޮތް ކަމަށް ޓުއަރިޒަމް މިނިސްޓްރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ގައުމީ ޓާސްކް ފޯހުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ ގައުމީ ޓާސްކް ފޯހުން ކުރާ މަސައްކަތާއެކު، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބަލީގެ ނުރައްކާ އެންމެ ބޮޑު ދުވަސްތަކަށް ކުރިމަތިލާން ތައްޔާރުވެފައިވާ ކަމަށެވެ.

އަދި މިއީ ކުރިން ދެނެގަނެވިގެން ކުރިމަތިލާ ހާލަތެއް ކަމަށާއި، މި ފެށޭ 'ސަރޖް' ތެރޭގައި އަޅާފައި ހުރި ކަންކަން ދަމަހައްޓާ، ގުޅިގެން މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެސިލިޓީސް ގާއިމުކުރާ އިރު މުޅި ރާއްޖެއަށް ޚިދުމަތް ކުރެވޭގޮތަށް މި 'ސަރޖު' ގައި އައިސޮލޭޝަނަށް މީހުން ގެންދިއުމަށްޓަކައި ތައްޔާރުވެފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ މި މަހުގެ 31 ވަނަ ދުވަހު 'ޕީކަށް' ދާނެކަމަށް ބެލެވޭކަމަށާއި، އެ ދުވަހު އެކަނި 1600 ކޭސް ފެންނާނެ ކަމަށް އަންދާޒާ ކުރެއްވޭކަމަށެވެ. ޑރ. ޝީނާ ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ފުރަބަންދު ކޮށްފައި އޮތުމާއި ގުޅިގެން 'ޓްރޫ ޕީކަކަށް' ނުދިޔަ ކަމުގައިވީ ނަމަވެސް، ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި 'ސަރޖް'އެއް (ކުއްލިއަކަށް ފެންނަ ކޭސްތަކުގެ ޢަދަދު އިތުރުވުމެއް) އަންނާނެ ކަމަށް އަންދާޒާ ކުރައްވާފައެވެ.

ޕްރޮޖެކްޓެޑް އިންފެކްޝަންސް (ވައިރަސްއަށް ޕޮޒިޓިވްވާ މީހުން ފެންނަ ޢަދަދުގެ އަންދާޒާ) ހިއްސާ ރައްވަމުން ޑރ. ޝީނާ ވިދާޅުވީ، އެ ދުވަހު އެ ޢަދަދަށް 'އިންފެކްޝަންސް' މުޖުމަތަމަޢުގެ ތެރޭގައި އުޅުނު ކަމުގައިވީ ނަމަވެސް، އޭގެ ތެރެއިން ދެނެގަނެވޭނީ މަދު ޢަދަދެއްގެ ކޭސްތަކެއް ކަމަށެވެ. ޓެސްޓިންގ ކެޕޭސިޓީ މި ވަގުތު ހުރިގޮތުން، މުޖުތަމަޢުގެ ތެރޭގައި ބަލިފެތުރިފައިވާ މިންވަރު ދެނެގަންނަން އުނދަގޫވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި އެންމެ 'ޕީކް' ވެގެން އަންނަ ދުވަހު ދެނެގަނެވޭނީ މީގެ ތެރެއިން މަދު ޢަދަދެއް ކަމަށް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު