Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ފުރަބަންދުގައި ތިބޭ އިރު "މެންގޯ އައިސް-ކްރީމް" ތައްޔާރުކޮށްލަމާ!

އައިސްކްރީމްގެ އެކި ފްލެވަރ ތައްޔާރުކޮށްލެވިދާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 11 މެއި 2020 | ހޯމަ 09:52
މެންގޯ އައިސް-ކްރީމް

މެންގޯ އައިސް-ކްރީމް

ގޭގައި އައިސް-ކްރީމް ތައްޔާރުކޮށްލުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ. ފަސޭހައިން ބާޒާރުން ލިބެން ހުންނަ ނުވަތަ ޢާންމުކޮށް ގޭގައި ކައްކަން ބޭނުން ކުރާ ބައެއް ބާވަތްތައް ބޭނުންކޮށްގެން އައިސް-ކްރީމް ހެދިދާނެއެވެ. މިފަަހަރު "މެންގޯ އައިސް-ކްރީމް" ތަޖުރިބާ ކޮށްލަން ރަނގަޅުވާނެ އެވެ.

އެހެން ރޯދަ މަހު އަނބު ތިޔާގި ނަމަވެސް މި އަހަރު އަނބު އެހާ ފަސޭހައިން ނުލިބެއެވެ. ދިވެހި އަނބު ނުލިބިއްޖެނަމަ،

މިފަހަރު ބޭރު އަނބު ބޭނުންކޮށްގެން 'މެންގޯ އައިސް-ކްރީމް' ތައްޔަރުކޮށްލާށެވެ.

ޖޯޑެއްގެ ތެރެއަށް ކޯންފްލަރ އާއި 1 ޖޯޑު ކިރު އަޅައިގެން ގިރާލާށެވެ. ދެން ތެއްޔަށް 3 ޖޯޑުގެ ކިރުއަޅައިގެން މެދު މިނެއްގައި ކައްކާލާށެއެވެ. ކައްކާއިރު ހުއްޓާނުލާ ގުޅަ ނުވާހެން ހަލަމުން ދާށެއެވެ. ދެން އޭގެ ތެރެއަށް ހަކުރު އަޅައިގެން ހަލާށެއެވެ.

އެއަށްފަހު ކުރިން ގިރި ކޯންފްލަރ ޖޯޑު އޭގެ ތެރެއަށް އަޅާލާށެއެވެ. މިގޮތަށް އޮލަ ވަންދެން 7 މިނިޓް ކައްކާލުމަށް ފަހު ހިހޫ ކޮށްލާށެއެވެ. އަނބާ އެއްކޮށް މިކްސަރަށް އެޅުމަށްފަހު ގިރާލާށެއެވެ. ގިރާނިމުމުން ކޮންޓެއިނާއަކަށް އެޅުމަށް ފަހު، 2 ގަޑިއިރު ފިނިކޮށްލާށެއެވެ. 2 ގަޑިއިރުވުމުން އަނެއްކާވެސް މިކްސަރަށް އެޅުމަށްފަހު 30 ސިކުންތު ވަންދެން ގިރާލާށެއެވެ. އޭރުން ހުންނާނީ އޮމާންކޮށް ކްރީމީކޮށްނެއެވެ.

ދެން އަނެއްކާވެސް ކޮންޓެއިނާ އަށް އެޅުމަށް ފަހު، މަތި ރެޕްކޮށްލާށެއެވެ. ރެޕްކުރުމަށް ފަހު މަތިޖަހާފައި، 8 ގަޑިއިރަށް ގަނޑުކުރާ ބަޔަށް ލާށެއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2025

ކްރީމީ މެންގޯ ކޮކްޓެއިލް

10 މާރިޗު 2025
ކްރީމީ މެންގޯ ކޮކްޓެއިލް
30 މާރިޗު 2023

މެންގޯ ޗީޒް މޫސް ކޭކް

30 މާރިޗު 2023
މެންގޯ ޗީޒް މޫސް ކޭކް
09 މެއި 2020

ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް

09 މެއި 2020
ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް
11 ޖޫން 2018

އައިސްކްރީމް ސޭންޑްވިޗް

11 ޖޫން 2018
އައިސްކްރީމް ސޭންޑްވިޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު