Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ޗިކަން ޓިއްކާ ކްރެޕް

ކުކުޅުގެ ބަދަލުގައި މަސް، ބީފް އަޅައިގެން ވެސް ތައްޔާރުކޮށްލެވިދާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 07:20
ޗިކަން ޓިއްކާ ކްރެޕް

ޗިކަން ޓިއްކާ ކްރެޕް

ކުކުޅުގެ ކެއުންތައް މީރު ފަރާތްތަކަށް މި ހެދިކާ ވަރަށް މީރުވާނެއެވެ.

މިކްސްޗަރު ތެރެއަށް ފުށް، ބަޓަރު، ބިސް، ފެން، ކިރު އަދި ލޮނުއަޅައިގެން އޮމާންކޮށް ގިރާލާށެވެ. ގިރާ ނިމުމުން ބޯތައްޓަކަށް އަޅާފައި ބަހައްޓާށެވެ.

ކުކުޅު ތައްޔާރުކޮށްލުމަށް، ކުކުޅުގެ ތެރެއަށް ގަރަމް މަސާލާ، ޗިލީ ޕައުޑަރ، ލެމަން ޖޫސް، ޖިންޖަރ ގާލިކް ޕޭސްޓް، ކާރޑް އަޅައިގެން މޮޑެލުމަށްފަހު، 10 މިނިޓް ބައިންދާށެވެ.

ދެން ކުކުޅު ހަނާކޮށްލަން ތަވައަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު މެރިނޭޓް ކުރި ކުކުޅު އަޅާލާށެވެ. ކުކުޅު ރަނގަޅަށް ރޯފިލުމުން އޭގެ ތެރެއަށް، ފިޔާ، ކެޕްސިކަމް، އަސޭމިރުސް، ގްރީން ޗިލީ އާއި ރަހަލާވަރަށް ލޮނު އަޅައިގެން މަޑު ގިނީގައި ހަނާކޮށްލާށެވެ. 2 މިނިޓް ވަންދެން މަތި ޖަހައިގެން ކެއްކުމަށްފަހު، އުނދުނުން ބާލާށެވެ.

ދެން ފިއްސަކުން ތަވާގައި، ތެޔޮ ހޭކުމަށްފަހު، ކުރިން ގިރި ފުށް އުނދުޅިއަކުން ތަވާގެ ތެރެއަށް އަޅާލުމަށްފަހު، ޢާދައިގެ މަތިން ތުނި ރޮށި ފިހޭހެން ދެ ފުށް ފިހެލާށެވެ. ފިހޭނީ މަޑު ގިނީގައެވެ.

ދެން ތައްޔާރުކޮށްފައި ހުރި ކުކުޅު މަސްގަނޑު ތެރެއަށް ޗީޒް އަޅައިގެން އެއްކޮށްލާށެވެ. ދެން ކުޑަ ބޯތައްޓެއްގައި އެއް ސަމުސާ ފުށާއި، ފެން ފޮދެއް އަޅައިގެން ކުޑަކޮށް އޮލަކޮށް ގިރާލާށެވެ. އެއަށްފަހު، ކުރިން އެޅި ފޮޅީގެ ތެރެއަށް ކުކުޅު މަސް ދެ ސަމުސާ އަޅައިގެން ކީމިޔާ ގޮތަށް ބަންދުކޮށްލާށެވެ.

ދެން ތަވައެއްގެ ތެރެއަށް ކުޑަ ތެޔޮފޮދެއް އަޅައިގެން 2 މިނިޓް މަތިޖަހާފައި ބަހައްޓާށެވެ. އަދި މަޑު ގިނީގައި ދެފުށް ރަނގަޅަށް ފިހެލާށެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2020

ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް

30 އެޕްރީލު 2020
ޗިކަން ވިތު ކްރީމް މަޝްރޫމް ސޯސް
27 އެޕްރީލު 2020

ޗިކަން ނަގެޓްސް

27 އެޕްރީލު 2020
ޗިކަން ނަގެޓްސް
24 މެއި 2019

ޗިކަން ޕާމެޝަން ވިތް ޕާސްތާ

24 މެއި 2019
ޗިކަން ޕާމެޝަން ވިތް ޕާސްތާ
16 މެއި 2019

ޗިކަން ފްރައިޑް ރައިސް ރެސިޕީ

16 މެއި 2019
ޗިކަން ފްރައިޑް ރައިސް ރެސިޕީ
10 މެއި 2019

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ޑެވިލްޑް ޗިކަން ރެސިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު