Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓުގެ މައްސަލަތައް

ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ފުރަތަމަ ފަށާނީ ޙުކުމުގެ މަރުޙަލާގައި ހުރި މައްސަލަތައް: ޕީޖީ

ކްރިމިނަލް ކޯޓާ ގުޅިގެން މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2020 | ހޯމަ 06:39
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ޕީޖީ އޮފީހާ ގުޅިގެން އިންތިޒާމްތަކެއް ރާވާފައިވޭ

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ޕީޖީ އޮފީހާ ގުޅިގެން އިންތިޒާމްތަކެއް ރާވާފައިވޭ

ނުނިމި ހުރި މައްސަލަތަކުގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުން އަލުން ފަށާއިރު، ފުރަތަމަ ކުރިއަށް ގެންދާނީ ޙުކުމުގެ މަރުޙަލާގައި ހުރި މައްސަލަތައްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތައް ނުހިނގާ ލަސްވަމުންދާ މައްސަލައަކީ ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން އެކަން ޙައްލު ކުރެއްވުމަށްޓަކައި ކްރިމިނަލް ކޯޓާ ގުޅިގެން މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، މިހަފުތާއިން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން ޝަރީޢަތް ކުރިއަށް ގެންދެވޭނެ މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި ތިބި މީހުންގެ ތެރެއިން މާފުށީ ކޯޓަށް މީހުން ހާޒިރު ކޮށްގެން ޝަރީޢަތްތައް ކުރިއަށް ގެންދެވޭ ގޮތަށް އިންތިޒާމު ކޮށްފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، މައްސަލަތައް ކުރިއަށް ގެންދިއުމުގައި ފުރަތަމަ އިސްކަންދޭނީ ޙުކުމުގެ މައްސަލަތަކާއި ޚުލާސާ ބަޔާން އިއްވުމުގެ މައްސަލަތައްކަމަށެވެ. އެއަށްފަހު ކުރިއަށް ގެންދާނީ ހެކި ހާޒިރު ކުރަންޖެހޭ މައްސަލަތަކުގެ ތެރެއިން ސިފައިންނާއި، ފުލުހުންނާއި، ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުންގެ އިތުރުން ކަސްޓަމްސް އޮފިސަރުން ހެކިންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ މައްސަލަތައްކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، އެފަދަ މައްސަލަތަކަށްފަހު ދެން ކުރިއަށް ގެންދާނީ ޝަރީޢަތުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތަކުގެ މައްސަލަތައް (ޕްރީ-ޓްރަޔަލް) މައްސަލަތައްކަން ޕީޖީ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު