Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަލްމާން ޚާންގެ ފިލްމީ މަސައްކަތްތައް

ފިލްމުތައް ފްލޮޕްވިޔަސް 'ފިލްމީ ކެރިއަރ' ހުއްޓައެއް ނުލާނަން: ސަލްމާން ޚާން

ސަލްމާން ވަނީ އެނާގެ އަޑުން ކިޔާފައިވާ ލަވައެއް ރިލީޒް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 07:30
ސަލްމާން ޚާން

ސަލްމާން ޚާން

ލޮކްޑައުންގެ ސަބަބުން ބޮލީ ވުޑްގެ ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް ބޮލީވުޑްގެ ސުޕަރ ސްޓާރ ސަލްމާން ޚާން ގެންދަނީ ޕާންވެލް ފާރމް ހައުސްގައި މިވަގުތުވެސް ހުއްޓާ ނުލާ މަސައްކަތް ކުރަމުންނެވެ.

ސަލްމާން ވަނީ އޭނާގެ އަމިއްލަ ޔޫޓިބް ޗެނަލް އެއްވެސް ލޯންޗުކޮށްފައެވެ. އަދި ދެވަނަ ލަވައެއް ވަރަށް އަވަހަށް ރިލީޒް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޕާންވެލްގައި ދުވަސްތައް ހޭދަކުރަމުންދާ ގޮތާ ގުޅޭ ގޮތުން އެކްޓަރ ވަލޫޝާ ޑި ސޫޒާ އާއި ވާހަކަ ދައްކަމުން ސަލްމާން ބުނީ އާއިލާ އާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އޭނާގެ މަންމަ އާއި ކޮއްކޮ އަރްޕިތާ އަދި އެނާގެ ދަރިން ފާރމް ހައުސްގައި ތިބުމަށްފަހު އެނބުރި މުމްބާއީ ގޮސްފައިވާ ކަމަށެވެ. އަދި ލޮކްޑައުން ނިމުނުހާ އަވަހަކަށް ގެއަށް ދާނެކަމަށް ބުނެފައިވެއެވެ.

ފާމް ހައުސްގައި ތިބިމީހުންގެ ތެރޭގައި ސަލްމާންގެ އިތުރުން ވަލޫޝާ، އޫލިއާ ވަންތުރު، ޖެކުލިން ފެނާންޑޭޒް އަދި ނިތިން މަޑޯކް އިތުރުންވެސް ބައެއް ތަރިން ހިމެނެއެވެ.

ސަލްމާން ބުނެފައިވަނީ ލޮކްޑައުންގައި ވެސް އޭނާ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އޭނާގެ އަޑުން ކިޔާފައިވާ "ޕިޔާރު ކަރޯނާ" ރިލީޒް ކޮށްފައިވާ ކަމަށެވެ. މީހެ އިތުުރުން "ތޭރޭ ބިނާ" ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.

ސަލްމާން ބުނީ އޭނާގެ އުމުރުން 15 އަހަރާއި ބައިގައި މަސައްކަތް ކުރަން ފެށި ކަމަށާއި އޭނާގެ ފިލްމުތައް ފްލޮޕްވެ، ބޭނުންވި ގޮތަށް ކެރިއަރ ނުދިޔަނަމަަވެސް ހުއްޓާނުލާ މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.

މިހާރު ރިލީޒް ކުރަން ތައްޔާރު ވަމުން އަންނަ "ތޭރޭ ބިނާ" މި ލަވަ ސަލްމާންގެ އަޑުން ކިޔާފައިވާއިރު ލަވަ ޑައިރެކްޓް ކޮށްފައި ވެސް ވަނީ އޭނާއެވެ.

ޕަމްވެލްގައި ހުންނަ މި ފާރމް ހައުސްގައި ލަވަ ޝޫޓްކޮށްފައި ވަނީ އެންމެ ތިން މީހުން ބޭނުންކޮށްގެންނެވެ. ލަވަ ޝޫޓް ކުރުމަށް ފަހު ސަލްމާން ބުނެފައިވަނީ މިއީ މިހާތަނަށް އޭނާގެ އެންމެ ޚަރަދު ކުޑަ ޕްރޮޑަކްޝަން ކަމަށެވެ.

މި ލަވަ ޝޫޓް ކުރުމުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށް ސަލްމާން ބުނީ ލަވަ އެއްކޮށް ޝޫޓްކޮށް ނިންމާފައިވަނީ ހަތަރު ދުވަހުން ކަމަށެވެ.

މި ލަވަ ޝޫޓް ކުރަން ފަސޭހަވި ނަމަވެސް ޓްރެކް އެޑިޓް ކުރުމުގައި އުނދަގޫތަކާއި ދިމާވި ކަމަށް ސަލްމާން ބުނެފައިވެއެވެ. އެގޮތުން ގިނަ މީހުން ވައިފައި ބޭނުން ކުރަމުން ދިޔުމުގެ ސަބަބުން އިންޓަރނެޓް ސްޕީޑް ދަށްވިކަން ފާހަގަކޮށް ސަލްމާން ބުނެފައިވަނީ ބައެއް ފައިލްތައް ޑައުންލޯޑް ކުރަން 24 ގަޑީއިރާއި 36 ގަޑީއިރުގެ ވަގުތެއް ހޭދަވި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް

ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް

25 އޮކްޓޯބަރު 2017
ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި

ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި

27 ސެޕްޓެމްބަރު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017
އެކަކަށްވެސް "ސަރްކާރު3" ހުއްޓައެއް ނުލެވޭނެ:ރާމް ގޯޕާލް

އެކަކަށްވެސް "ސަރްކާރު3" ހުއްޓައެއް ނުލެވޭނެ:ރާމް ގޯޕާލް

06 މެއި 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު