Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަރްކާރު 3

އެކަކަށްވެސް "ސަރްކާރު3" ހުއްޓައެއް ނުލެވޭނެ:ރާމް ގޯޕާލް

"ސަރްކާރް 3" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 މެއި 2017 | ހޮނިހިރު 01:34
ސަރްކާރު3 ގެ ޕޯސްޓަރެއް

ސަރްކާރު3 ގެ ޕޯސްޓަރެއް

އަމިތާބް ބައްޗަންގެ "ސަރްކާރު3" ރިލީޒްކުރުން ހުއްޓައެއް ނުލެވޭނެކަމަށް އެ ފިލްމުގެ ޑައިރެކްޓަރ ރާމް ގޮޕާލް ވަރްމާ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ "ސަރްކާރް 3" ގެ ޕްރޮޑިއުސަރުންނާ ދެކޮޅަށް ކޯޓަށް ކޮޕީރައިޓްސްގެ މައްސަލައެއް ހުށައެޅުމާއި ގުޅިގެންނެވެ.

"ސަރްކާރު3" އާއި ދެކޮޅަށް ނަރެންދުރަ ހިރާވަތް އެންޑް ކޯ އިން ބޮމްބޭ ހައިކޯޓަށް ހުށަހަޅާފައިވާ ކޮޕީ ރައިޓްސްގެ މައްސަލައިގައި ބުނެފައިވަނީ "ސަރުކާރް" ފިލްމުގެ ހުރިހާ ރައިޓްސް އެއް އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ފިލްމުގެ ރީމޭކް ހެދުމުގެ ހުރިހާ އިހްތިޔާރެއް އެކުންފުންޏަށް ލިބިގެންވާ ކަމަށް އޭނާ ބުނެފައިވެއެވެ. މި މައްސަލަ ޖެހިފައިވަނީ 2008 ވަނަ އަހަރު ނެރުނު ސަރްކާރު ފްރެންޗައިޒް ނެރުނު ފަހުންނެވެ. ހިރާވަތު ކޯޓުގައި ބުނެފައިވަނީ އެމީހުން އުންމީދު ކުރަނީ ކޯޓު މެދުވެރިކޮށް "ސަރްކާރް 3" ރިލީޒްކުރުން ހުއްޓުވޭނެ ކަމަށެވެ.

އެހެން ނަމަވެސް "ސަރްކާރް3" ގެ ޓީމުން ބުނަނީ އެކަކަށްވެސް އެ ފިލްމު ރިލީޒްކުރުން ނުހުއްޓުވޭނެކަމަށެވެ. 2005 އިން ފެށިގެން ނެރެމުން އަންނަ މިސިލްސިލާގެ ފިލްމުތަކަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ހިނގާ ޖަރީމާތަކަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ފިލްމުތަކެކެވެ. މި ފިލްމުގެ މައިގަނޑު ބަތަލާ އަމީތާބް އާއި އަމިތް ސާދް އަދި ޔާމީ ގޯތަމްގެ އިތުރުން ޖެކީ ޝްރޮފް އާއި މަނޯޖް ބަޖްޕައީ މުހިންމު ރޯލުން ފެނިގެންދާ "ސަރްކާރް 3" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

11 މެއި 2020

ފިލްމުތައް ފްލޮޕްވިޔަސް 'ފިލްމީ ކެރިއަރ' ހުއްޓައެއް ނުލާނަން: ސަލްމާން ޚާން

11 މެއި 2020
ފިލްމުތައް ފްލޮޕްވިޔަސް 'ފިލްމީ ކެރިއަރ' ހުއްޓައެއް ނުލާނަން: ސަލްމާން ޚާން
27 ޖެނުއަރީ 2018

ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް

27 ޖެނުއަރީ 2018
ފޭނުން ގެއްލުނުކަމުގައި ވިއަސް ޓްރަމްޕަށް ފާޑުކިޔުން ހުއްޓައެއް ނުލާނަން: އެމިނެމް
14 ފެބުރުއަރީ 2017

އަހަރެން "ސާތު ނިބާނާ ސާތިޔާ" ކުޅުން ހުއްޓައެއް ނުލަން: ރޫޕަލް ޕަޓޭލް

14 ފެބުރުއަރީ 2017
އަހަރެން "ސާތު ނިބާނާ ސާތިޔާ" ކުޅުން ހުއްޓައެއް ނުލަން: ރޫޕަލް ޕަޓޭލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު