Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް

ހުޅުމާލެ މެޑިކަލް ފެސިލިޓީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވޭނެ: ޝަމާލް

10 މެއި 2020 | އާދީއްތަ 02:37

ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 މެއި 2020 | އާދީއްތަ 02:37
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ޗީފް އޮފް ޑިފެންސް ފޯސް ޝަމާ ބައްލަވާ ލައްވަނީ - އެތަނުގެ ބޮޑު ބައިގެ މަސައްކަތް ވަނީ ނިމި ބޭނުން ކުރަން ތައްޔާރުވެފައި

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ޗީފް އޮފް ޑިފެންސް ފޯސް ޝަމާ ބައްލަވާ ލައްވަނީ - އެތަނުގެ ބޮޑު ބައިގެ މަސައްކަތް ވަނީ ނިމި ބޭނުން ކުރަން ތައްޔާރުވެފައި

ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ޤާއިމުކުރާ މެޑިކަލް ފެސިލިޓީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވިގެންދާނެކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރަށް ނަގާފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމު ކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ. އަދި އެތަނުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވަނީ އެމްއެންޑީއެފުންނެވެ.

Advertisement - newsAdvertisement

މެޑިކަލް ފެސިލިޓީގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި 40 ދުވަސް ވަންދެން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއެކު އެތަނުގެ މަސައްކަތްދާ ގޮތް ބައްލަވާފައިވާ ކަމަށެވެ. ފެސިލިޓީގެ މަސައްކަތް ނިންމާ، އެ ބޭނުން ކުރުމަށްޓަކައި އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުންނާއި، އޮފިސަރުން 24 ގަޑީއިރު ހުއްޓާ ނުލާ މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ.

އަދި މަސައްކަތުގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެކަހެރި ކުރަން ޖެހުނު ނަމަވެސް، ހައި ރިސްކަށް ހުށަހެޅުނު އޮފިސަރުންގެ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދިޔަކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. އަދި ސައިޓް މޮނިޓަރިންގެ ޙާލަތުގައި އޮތް އިރު ވެސް ބާކީ ތިބި އޮފިސަރުން ވެސް އެކުގައި މަސައްކަތް ކުރިކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

އަދި ހުއްޓުމެއް ނެތި މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 290 އެނދުގެ ފެސިލިޓީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވިގެން ދިއުން ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ޢާއިލާއާއި ދުރުގައި އެ ޙާލުގައި މަސައްކަތް ކުރަން ނުކުތް އޮފިސަރުންނަށް ސެލިއުޓް ކުރައްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އޮފިސަރުންގެ ޢަޒުމާއި ރޫހަށް ބަދަލެއް ނައިސް ވީ ޤުރުބާނީއަކީ އެމްއެންޑީއެފުން ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އެންއީއޯސީގައި، އައިޖީއެމްއެޗުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖިއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގެ ފޭސް އެކެއްގެ އެނދުތައް މިމަހުގެ 14 ގައި ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްތައް ކުރިޔަށްދާނީ ދެ ބަޔަކަށް ކަމަށާއި، ފުރަތަމަ ކަމަކަށް ކޯލްޑް ސްޓޯރޭޖް ހުރި ބައިގައި ފުރަތަމަ ފޭސްގެ އެނދުތައް މިމަހުގެ 14 އަށް ނިންމާލެވޭނެ ކަމަށެވެ.

ޝަމާލް ވަނީ މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތައް ކަމުގައިވާ ފެނަކަ ކޯޕަރޭޝަން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން އެހީތެރިވެދެއްވި ޕްރައިވެޓް ކުންފުނިތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޤައުމަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ޢަދަދެއްގެ މީހުން ބަލިވެއްޖެނަމަ، އެފަދަ ޙާލަތެއްގައި ފެސިލިޓީގެ ސަބަބުން ބޮޑު އެހީތެރިކަމެއް މަސައްކަތަށް ލިބިގެންދާނެކަން ޗީފް އޮފް ޑިފެންސް ފޯރސް ޝަމާލް ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް