Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19އަށް ފަރުވާދިނުން

"ވައިރަސްގެ ޕީކްގައި އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި 300 ނަރުހުން ޓްރީޓޮޕްގައި މަސައްކަތް ކުރާނެ"

ޓްްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2020 | ހޮނިހިރު 10:24
ޓްރީޓޮޕް ހޮސްޕިޓަލް- މި ހޮސްޕިޓަލު ވަނީ ކޮވިޑް-19 ގެ ފަރުވާތަކަށް ޚާއްސަ ކުރެވިފައި

ޓްރީޓޮޕް ހޮސްޕިޓަލް- މި ހޮސްޕިޓަލު ވަނީ ކޮވިޑް-19 ގެ ފަރުވާތަކަށް ޚާއްސަ ކުރެވިފައި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ 75 ޑޮކްޓަރުންނާއި 300 ނަރުހުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ އަލީ ނަޒީމް ވިދާޅުވީ، ސަރުކާރުން ބޭނުން ޖެހިއްޖެ ޙާލަތެއްގައި ޓްްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް-19 ގެ ފަރުވާއަށް ޚާއްޞަ ކޮށްފައިވާކަމަށެވެ.

އެއާއެކު ހޮސްޕިޓަލުގެ ފަރުވާ ދިނުމުގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އައިޖީއެމްއެޗްގެ މެޑިކަލް ޓީމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 ވައިރަސްގެ އެންމެ ޕީކްގައި އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި، 300 ނަރުހުން ޓްރީޓޮޕްގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި އެއްފަހަރާ 45 ބަލިމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ރާވާފައިވާކަމަށް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕްގެ ސީއީއޯ ޑޭވިޑް ފެންބަރ ވިދާޅުވެފައިވެއެވެ.

ސަރުކާރަށް ޓްރީޓޮޕް ބޭނުން ކުރެވޭނެ ބޯޑް ރިސޮލިއޝަނެއްވެސް ޓްރީޓޮޕުން ވަނީ ފާސްކޮށްފައެވެ.

ކޮވިޑް ހޮސްޕިޓަލަކަށް ޓްރީޓޮޕް ހޮސްޕިޓަލު ބަދަލު ކުރުމަށް އެންޑީއެމްއޭއާ އެކު ސޮއިކޮށްފައިވަނީ 26 އޭޕްރީލްގައެވެ. އެގޮތުން ފުރަތަމަ ބަލި މީހާ މިހިނގާ މެއި މަހުގެ 6 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރަށް ހުޅުވާލަނީ 14 ޖާގަ

27 ޖެނުއަރީ 2018
އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރަށް ހުޅުވާލަނީ 14 ޖާގަ
15 ޖެނުއަރީ 2018

ފުލުހުންގެ ތަހުގީގު ޓީމެއް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް

15 ޖެނުއަރީ 2018
ފުލުހުންގެ ތަހުގީގު ޓީމެއް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް
15 އޮކްޓޯބަރު 2017

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި 300 ހައުސިންގ ޔުނިޓް އަޅަނީ

15 އޮކްޓޯބަރު 2017
ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި 300 ހައުސިންގ ޔުނިޓް އަޅަނީ
12 އޮކްޓޯބަރު 2017

ބްރިޖް އެޅުމަށް ދަނީ 70 މިލިއަން ޑޮލަރު. 300 މިލިއަން ޚަރަދުވާގޮތް ބުނެދޭން ޖެހޭ:އަފީފް

12 އޮކްޓޯބަރު 2017
ބްރިޖް އެޅުމަށް ދަނީ 70 މިލިއަން ޑޮލަރު. 300 މިލިއަން ޚަރަދުވާގޮތް ބުނެދޭން ޖެހޭ:އަފީފް
25 ސެޕްޓެމްބަރު 2017

ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް

25 ސެޕްޓެމްބަރު 2017
ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު