Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް

ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ

މިއަދުވެސް ޒަކާތް ދެއްކުމަށް ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގޮސްފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 މެއި 2017 | ހޯމަ 14:48
އިސްލާމީ މަރުކަޒުގެ ހޯލްގައި ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި

އިސްލާމީ މަރުކަޒުގެ ހޯލްގައި ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި

ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1335 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނަން ފެށުމާއެކު، މާލެއިން ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގިޮސް ޒަކާތް ދައްކަމުން އަނަނަ ކަމަށެވެ. ޒަކާތް ބަލައިގަންނަން ފެށީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ. ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށެވެ.

Advertisement - newsAdvertisement

ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށްދަނީ އިސްލާމީ މަރުކަޒު ހޯލުގަ އެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަންއާއި، ވިލިމާލެއާއި، އައްޑޫސިޓީ ކައުންސިލްއާއި، ރަށްރަށުގެ ރަށު ކައުންސިލުން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.

ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

މީގެ އިތުރުން އުރީދޫ އާއި ދިރާގައި، އެލައިޑް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު