Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްލެމިންގޯގެ ކުޅުންތެރިން ޕޮޒިޓިވްވުން

ފްލެމިންގޯ އިން 38 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް

ތިން ކުޅުންތެރިއަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 މެއި 2020 | ހުކުރު 19:20
ފްލެމިންގޯގެ ކުޅުންތެރިން ފަރިތަ ކުރަނިކޮށް

ފްލެމިންގޯގެ ކުޅުންތެރިން ފަރިތަ ކުރަނިކޮށް

ބްރެޒިލްގެ ފްލެމިންގޯއާ ގުޅުންހުރި އެންމެން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކުރިއިރު، 38 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ފްލެމިންގޯ އިން ވަނީ އެ ކްލަބާ ގުޅުންހުރި އެންމެން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އެގޮތުން 293 މީހަކު ޓެސްޓުކުރިއިރު، 38 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އެ ކްލަބުގެ ތިން ކުޅުންތެރިއަކުވެސް ހިމެނޭ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ މީގެ ކުރިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޅުންތެރިންނެވެ.

ފްލެމިންގޯގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މާޗު މަހުގެ ތެރޭގައި އެޓީމުގެ ކޯޗު ޖޯޖު ޖީސޫސް ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެކަމަކު އޭގެ ހަފްތާއެއް ފަހުން އޭނާ ވަނީ ވައިރަހުން ސަލާމަތްވެފައެވެ. ބްރެޒިލް ލީގުވެސް މެދުކަނޑާލާފައިވާއިރު، މީގެ ކުރިން ފްލެމިންގޯގެ ކުޅުންތެރިން ވަނީ މެއި މަހާއި ޖޫން މަހުގެ މުސާރަ އިން 25 އިންސައްތަ އުނިކުރަން ނިންމާފައެވެ.

ކޮވިޑް-19 ގެ އަސަރު ބްރެޒިލަށް ވެސް ކޮށްފައިވާއިރު، މީގެ ކުރިން ފްލެމިންގޯ އަށް 40 އަހަރު ޚިދުމަތްކޮށްފައިވާ އުމުރުން 68 އަހަރުގެ މާސަރު ޖޯޖީނިއޯ ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2020

ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

14 މާރިޗު 2020
ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
13 މާރިޗު 2020

ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
13 މާރިޗު 2020

ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު