Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮން އަސްކަރީ ތަމްރީން ހެދުން

ގަދަ ފަހެއްގައި ހިމެނި، ސޮން އަސްކަރީ ތަމްރީން ފުރިހަމަކޮށްފި

8 މެއި 2020 | ހުކުރު 12:28

ސޮން ވަނީ ތިން ހަފްތާ ވަންދެން އަސްކަރިއްޔާގެ މެރިން ކޯޕްސްގެ އަސާސީ ތަމްރީނުތައް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 މެއި 2020 | ހުކުރު 12:28
ސޮން ހުއެން-މިން އަަސްކަރީ ތަމްރީން ފުރިހަމަ ކުރުމަށްފަހު

ސޮން ހުއެން-މިން އަަސްކަރީ ތަމްރީން ފުރިހަމަ ކުރުމަށްފަހު

ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ދެކުނު ކޮރޮއާގެ ފޯވާޑް ސޮން ހުއެން-މިން، ތިން ހަފްތާގެ އަސްކަރީ ތަމްރީނުތައް ފުރިހަމަކޮށްފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮތުމުން، ސޮން ވަނީ އެގައުމުގެ ގާނޫނުގައިވާ ކަންތައް ފުރިހަމަ ކުރުމަށް އަސްކަރީ ޚިދުމަތުގައި ބައިވެރިވާން ނިންމާފައެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ވަނީ އެގައުމުގެ ފިރިހެނުން، އުމުރުން 28 އަހަރު ފުރުމުގެ ކުރިން އަސްކަރިއްޔާގައި ދެ އަހަރު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ގައުމަށް އެކި ރޮނގު ރޮނގުން ރަންވަނަ ހޯދައިދޭ ފަރާތްތަކަށް އެގައުމުގެ ސަރުކާރުން ކޮންމެސް ވަރެއްގެ ލުޔެއް ދެޔެވެ. އެގޮތުން 2018 ވަނަ އަހަރު އޭޝިއަން ގޭމްސް ފުޓްބޯޅަ އިވެންޓުން ސޮންގެ ކެޕްޓަން ކަމުގެ ދަށުން ކޮރެއާއިން ވަނީ ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެ ގައުމުގެ ސަރުކާރުން ވަނީ ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިންނަށް ލުޔެއް ދޭން ނިންމާފައެވެ. އެގޮތުން ސޮން އަށް ދިން ލުޔަކީ ތިން ހަފްތާ ވަންދެން އަސްކަރިއްޔާގެ މެރިން ކޯޕްސްގެ އަސާސީ ތަމްރީނުތައް ހަދައި، 500 ގަޑިއިރު ވަންދެން އިޖުތިމާއީ ޚިދުމަތުގައި އުޅުމެވެ.

އެގިތުން އޭޕްރިލް މަހުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އޭނާ ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ މެރިންސް ކޭމްޕެއްގައި ހެދި ތަމްރީނުތަކުގެ ތެރޭގައި ކަރުނަ ގޭސް ތަމްރީނާއި ރައިފަލް ތަމްރީނުވެސް ހިމެނެ އެވެ. އެ ޔުނިޓުގެ އެންމެ ރަނގަޅު ފަސް ރެކްރޫޓުންގެ ތެރޭ ސޮން ހިމެނުނީ ތަމްރީނުގައި ބައިވެރިވި 157 ބައިވެރިންނާ ވާދަކޮށްގެންނެވެ.

ދެކުނު ކޮރެއާގެ ގައުމީ ޓީމަށް މިހާތަނަށް 87 މެޗު ކުޅެދީފައިވާ ސޮން އަށް އަސްކަރީ ޚިދުމަތުން ލުޔެއް ދިންއިރު، ދެކުނު ކޮރެއާ އިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެގައުމުގެ ކުޅިވަރު ދެ ޓީމަކަށް އަސްކަރީ ޚިދުމަތުން ލުޔެއް ދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް