Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 00:27
ރާއްޖެޓީވީ ލޯގޯ
ރާއްޖެޓީވީ ލޯގޯ
ރާއްޖެއެމްވީ
ރާއްޖެޓީވީ ބަޔާން
ރާއްޖެޓީވީ ނޫސްބަޔާން
ރާއްޖެޓީވީ ފަންޑު ފޮށި ބަންދު ކުރީ ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކަން ޖެހޭ ފައިސާ ހަަމަވުމުން

ރާއްޖެ ޓީވީ އާއި މި ސްޓޭޝަންގެ ނޫސްވެރިން ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރަމުންދާތީީ، އެ ފައިސާ ދެއްކުމަށް ހުޅުވި "އަބުރު ފަންޑަ" ށް ބޭނުންވާ މިންވަރަށް ފައިސާ ލިބުމުން، ފަންޑު ފޮށި ބަންދުކޮށްފި އެވެ.

ފަންޑުފޮށި ބަންދު ކުރީ 03 އޭޕްރީލް ވީ ހޯމަދުވަހުގެ އިރު އޮއްސި 6:00 ގައެވެ.

މާޗް 10، 2017 ވަނަ ދުވަހު  އަބުރު ފަންޑު ހުޅުވީ، އިންސާފުން ބޭރުން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖުރިމަނާ ކުރުމުންނެވެ. ބްރޯޑްކާސްޓް ކޮމިޝަނުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށްފައިވެއެވެ.

މި ޖޫރިމަނާގެ އިތުރުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރު 28،800ރ. އިން އަދި ކެމެރާމަން އާދަމް ޒަރީރު 3،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

އަސްލެއް ނެތް ތުހްމަތުތައްކޮށް ރާއްޖެޓީވީއާމެދު ފިޔަވަޅު އަޅަމުންދަނީ މި ސްޓޭޝަން ނެތިކޮށްލާ މިނިވަން ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށް ކަމަށް މި ސްޓޭޝަނުން ދެކެމެވެ. މިފަދަ ގޮތަކަށް މާލީ ފިއްތުންތައް ކުރިމަތިކުރުވަނީ، ރާއްޖެޓީވީ އާއި މި ސްޓޭޝަންގެ  ނޫސްވެރިންނާއި ރާއްޖެޓީވީ އަށް ދިން ބޮޑެތި ގެއްލުންތަކުން، ރައްޔިތުންގެ ހެޔޮ ދުއާ އާއި މާތް ﷲގެ ރަހްމަތްފުޅުން މި ސްޓޭޝަން ސަލާމަތްވެ، ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުންދާތީ އެކަން ހުއްޓުވުމަށެވެ.

އަބުރު ފަންޑު ހުޅުވުމާއެކު ބެލުންތެރިންނާއި ދިވެހި ރައްޔިތުންގެ ހިތުގައި ރާއްޖެޓީވީ އަށް އޮތް ލޯބި ހާމަކޮށްދިނެވެ. އަމިއްލަ އިސްނެގުމަށް މާލެ އާއި ރަށްރަށުގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ އެއްކޮށް، އަބުރު ފަންޑަށް އެހީވެ ދިނެވެ. އެކި އުުމުރު ފުރާގެ ފަރުދުން އެހީތެރިވެ ދިނެވެ. ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި ވިޔަފާރިވެރިންގެ ދީލަތު އެހީ ލިބުނެވެ. މި ހުރިހާ ފަރާތްތަކަށް އިންތިހާ ދަރަޖައަށް، ރާއްޖެޓީވީގެ މެނޭޖްމެންޓާއި މުވައްޒަފުންގެ ފަރާތުން ނިހާޔަތައް ޝުކުރުވެރިވަމެވެ.

ރާއްޖެޓީވީން ސަޕޯޓަރުންގެ އެހީއަށް އެދި ގޮވާލުމުން ދިން ބޮޑު ތަރުހީބު ހާމަކޮށްދެނީ، ރާއްޖެޓީވީގެ ޚިދުމަތް ބަލައިގަންނަ މިންވަރާއި، ރާއްޖޭގެ އެކި ކަންކޮޅު ތަކުން މި ޚިދުމަތުގެ އަގު ވަޒަންކުރާ މިންވަރު ކަމަށް މިސްޓޭޝަނުން ދެކެމެވެ.

މި ސްޓޭޝަންގެ ނޫސްވެރިން އަބަދުވެސް ދެމި ތިބޭނީ، ދައްކާ ބިރަށް ފަސްޖެހުމެއް ނެތި ގާނޫނީ އިމުގެ ތެރެއިން ނޫސްވެރިން ކުރުމުގަ އެވެ. ރާއްޖެޓީވީން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތެވެ. ނޫސްވެރިމުގެ ހަމަ އާއި އަޚްލާގެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް