Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފިއޮރެންޓީނާގެ ކުޅުންތެރިން ޕޮޒިޓިވްވުން

ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ތިން ކުޅުންތެރިންގެ އިތުރަށް ޓެކްނިކަލް ސްޓާފުންގެ ތެރެއިން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 19:38
މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފިއޮރެންޓީނާގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި ޑިފެންޑަރު ޖާމަން ޕެޒެއްލާ

މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފިއޮރެންޓީނާގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި ޑިފެންޑަރު ޖާމަން ޕެޒެއްލާ

ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިޓާލިއަން ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، އިޓާލިއަން ލީގުގެ ކްލަބުތަކުން އަންނަނީ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ފިއޮރެންޓީނާގެ ކުޅުންތެރިން މި ވައިރަހަށް ޓެސްޓު ކުރިއިރު، ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެ ތިން ކުޅުންތެރިންގެ އިތުރުން އެ ކްލަބުގެ ޓެކްނިކަލް ސްޓާފުންގެ ތެރެއިން ތިން މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ފިއޮރެންޓީނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގައި ބާކީ ތިބި ކުޅުންތެރިން އެކަނި ތަމްރީނުތަކަށް ނުކުންނާނެ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން މާޗު މަހުގެ ތެރޭގައި އެ ކްލަބުގެ ފޯވަރޑް ޕެޓްރިކް ކުޓްރޯން އާއި ފޯވަރޑް ޑޫޝަން ވްލާހޮވިޗްގެ އިތުރުން ޑިފެންޑަރު ޖާމަން ޕެޒެއްލާ ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިޓާލިއަން ލީގުގެ ކްލަބުތަކުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރަމުން އަންނައިރު، ބުދަ ދުވަހު ޓޮރީނޯގެ ކުޅުންތެރިއަކުވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިޓާލިއަން ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ކުޅުންތެރިން އެކަނި ތަމްރީނު ކުރުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ވަނީ ދީފައެވެ. އަދި މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަން ވަނީ ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމެދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު