Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ޚާރިއްޖިއްޔާއިން ކުރަމުންގެ މަސައްކަތްތައް

ކޮވިޑް-19: ފަރުދާގެ ފުރަގަހުގައި ޚާރިޖިއްޔާގެ ގިނަ މަސައްކަތްތަކެއް!

ގައުމުތަކުގެ ހިލޭ އެހީތައް ގެންދަނީ ހޯދަމުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 16:28
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެއަށް އައިސް، ހަލުވިމިނެއްގައި ރާއްޖޭގައި މި ބަލި ފެތުރެމުންދާއިރު، ސިއްހީ ދާއިރާގެ ބޭފުޅުން ރެޔާ ދުވާލު މަސައްކަތްކުރަމުންދަނީ ބަލި ޖެހުނު މީހުންނަށް ފަރުވާ ދިނުމަށާއި، ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ކަމާ ބެހޭ ހުރިހާ ފަރާތްތަކުންވެސް ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދަނީ ބަލިން ރައްކާތެރިވުމަށާއި، ބަލީގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށެވެ.

މީގެ ތެރެއިން ދިވެހި ޚާރިޖިއްޔާއިން ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލަން ޖެހޭ މަސައްކަތްތަކެކެވެ. ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުވައިދިނުމަށާއި، ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ އިތުރުން ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ އެހީތަކާ، ދުރުރާސްތާގައި ބޭނުންވާ އެހީތައް ހޯދުމުގައި ޚާރިޖިއްޔާއިން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު އެކަމުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސާދަށް ދިޔައީ ކުރަމުންނެވެ.

ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ފްލައިޓްތައް ހުއްޓާލުމާއި، ފަތުރުވެރިން އައުން މަދުވާން ފެށުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަން ފެށިއެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު އިތުރު ލޮޅުމެއް އަރައިގެން ދިޔައެވެ. މިއާއެކު ޔަގީންވެގެން ދިޔަ އެއްކަމަކީ ރާއްޖެއަށް ބޭރުގެ އެހީ ނުލިބި މިކަމުން އަރައިނުގަނެވޭނެ ކަމެވެ.

ކަން ދިމާކުރި ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ގެންގުޅެމުން އައި އެކަހެރިވެގަތުމުގެ ސިޔާސަތު ބަދަލުކޮށް، ނިމިދިޔަ އަހަރެއްހާ ދުވަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެވި ދަތުރުފުޅުތަކާ ބޭއްވެވި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ ޤައުމުތަކާ ޖަމާޢަތްތަކާއެކު ރާއްޖެއަށް މިއޮތީ ގާތް ގުޅުމެއް ގާއިމްކުރެވިފައެވެ.

ރާއްޖެއިން ސިޔާސީ މީހުން ހައްޔަރުކޮށްގެން، އިންސާނީ ހައްގުތަކަށް އަރައިގެން، ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިގެން އަބަދު ރާއްޖޭގެ ކަންތައްތަކަށް ފާޑުކިޔަމުން ދިޔަ ގައުމުތަކުންނާ ޖަމާއަތްތަކުން މިއަދު އަހަނީ ރާއްޖެއަށް ބޭނުންވަނީ ކޮން ކަމެއްތޯއެވެ. ފޮރިން މިނިސްޓްރީއިން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވިލާތުގެ އިއްތިހާދު، އެމެރިކާ، ޖަޕާން، ޗައިނާ، އިންޑިއާ، ބަންގްލަދޭޝް ފަދަ ގައުމުތަކުން ރާއްޖެއަށް މިހާރުވެސް ބޮޑެތި އެހީތަކެއް ވަނީ ދީފައެވެ.

މި އެހީ ބޭންކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތަށާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށެވެ. މި އެހީތައް ހޯދުމަށް ކުރާ މަސައްކަތް ފޮރިން މިނިސްޓަރ ޝާހިދުގެ ޓްވިޓަރ ފީޑް ބަލާލުމުން ފެނެއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށްވެސް ފޮރިން މިނިސްޓްރީއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ބަލިމަޑުކަމެއް ފެތުރޭއިރު ބޭރުން އަނބުރާ ގައުމަށް މީހުން އައުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. މީހުން ގެނައުމުގައި ސަރުކާރުން ހިފެހެއްޓުމެއް ގެންގުޅޭ ސަބަބަކީ މިއީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން މިއީ ދިވެހިންނެވެ.

ގިނަ ފަހަރަށް ކަމުގެ ރަނގަޅު ގޮތް ހޯދުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ބެލެނީ ކަމުގެ ފަސޭހަ ގޮތެވެ. އެހެންކަމުން މިކަމުގައިވެސް ފޮރިން މިނިސްޓްރީއިން އެދަނީ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެތަންމިތަނުގައި ތިބި ދިވެހިން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާ، އެގައުމުތަކުގެ މީހުން ބަލާ އަންނަ ފްލައިޓްތަކުގައި ގެނެސްދިނުމަށް އެދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރެއިން ބައެއް ފްލައިޓްތަކުގައި މީހުން ގެނައުމަށް، އެކަމުގައި ޝާމިލްވާ ފޮރިން މިނިސްޓްރީއާއި ރާއްޖޭގެ އެމްބަސީތަކުގެ މުވައްޒަފުން ހޭލާ ހަތަރު ދަމުން މަސައްކަތްކުރަމުންދެއެވެ. ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި 7 ދިވެހިން ގެނައި ފަހުން ފިލިޕީންސް، މެލޭޝިއާ، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން، އިންޑިއާ، ސްރީލަންކާ، ރަޝިޔާ އަދި އިންޑޮނީޝިއާގައި ތިބި ދިވެހިން ރާއްޖެއަށް ގެނެސްފައިވާއިރު، މިހާރު އެވަނީ ޔޫކްރެއިންގައި ތިބި ދިވެހިން ގެނެސްފައެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އެމަސައްކަތް ކުރިއަށްދާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. ލޮކްޑައުންކޮށްފައިވާ ހާލަތުގައި ރާއްޖެއިން ބޭރުން މީހުން ގެނައުމަކީ ހަމަ ޓިކެޓެއް ނަގައިގެން ފްލައިޓަށް އަރައިގެން އައުންހާ ފަސޭހަ ކަމެއް ނޫނެވެ.

ރާއްޖެއަށް އޮންނަ ފްލައިޓްތަކުގައި ދިވެހިން ގެނައުމަށް ބޭނުންވާ ހުއްދަ ހޯދުމާއި، ގައުމުތަކުގެ އެތެރޭގައި ލޮކްޑައުން ހާލަތުގައި ދަތުރުކުރެވޭނެ މަގުފަހިކުރުމާ، މިގޮތަށް ގޮސް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަން ޖެހެއެވެ. ދުރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް އެގައުމުތަކުގެ ރަސްމީ ގަޑިތަކާ ދިމާވާ ގޮތަށް ރާއްޖެ ގަޑިން ދަންވަރުވެސް ފޮރިން މިނިސްޓްރީ މުވައްޒަފުން މަސައްކަތް ކުރަން ޖެހިފައިވާކަމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ ބައެއް މުވައްޒަފުން ބުނެއެވެ. މީގެ އިތުރުން މިދުވަސްވަރަކީ ހުރިހާ ގައުމުތަކަކުންވެސް، އެގައުމަކަށް ބޭނުންވާ ބޭހާއި ޒަރޫރީ މުދާ ހޯދަމުންދާ ދަނޑިވަޅެކެވެ.

ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމަކަށް މިއީ ވަރަށް ބޮޑު ދައްޗެކެވެ. ގައުމުތަކުން ބޭހުގެ ބާވަތްތަކާއި ޒަރޫރީ ކާބޯތަކެތި އެކްސްޕޯޓް ކުރުން މަނާކުރުމުން، އެކަމުގެ ތަކުލީފު ރާއްޖޭގެ ރައްޔިތުންނަށް އުފުލަން ޖެހެއެވެ. އެހެންނަމަވެސް އެ ތަކުލީފު އުފުލުނަ ނުދީ، އެއްވެސް ހުއްޓުމެއް ނެތި މުދަލާ ބޭހުގެ ސަޕްލައި ޗެއިން އެހިފަހައްޓައިދެނީވެސް ފޮރިން މިނިސްޓްރީއިންނެވެ.

އިންޑިއާއާއި އަވަށްޓެރި އެހެން ގައުމުތަކުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭސް ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމް އެވަނީ ހަމަޖައްސާފައެވެ. ދެ ފަހަރެއްގެ މަތިން އިންޑިއާއިން އެކްސްޕޯޓް ކޮންޓްރޯލްކޮށްފައިވާ ބޭހުގެ ބާވަތްތައް ރާއްޖެއަށް ދޫކުރުމަށް ނިންމާފައިއެވަނީ ހަމަގައިމުވެސް ޚާރިޖީ ސިޔާސަތު ރަނގަޅަށް ތަންފީޒުކުރެވި، ފޮރިން މިނިސްޓްރީގެ މަސައްކަތުންނެވެ.

އެންމެ ފަހުން މިގޮތަށް ދޫކުރި ރީއެޖެންޓްސްއަކީ އެއާ ނުލާ ކޮރޮނާ ވައިރަސްއަށް ޓެސްޓް ނުކުރެވޭނެ ކެމިކަލްތަކެވެ.

ޚާރިޖިއްޔާއިން ފަރުދާގެ ފުރަގަހުގައި މިކުރާ ކަންތައްތަކަކީ ކޮބައިތޯ ބަލާލަން ޖެހުނު ސަބަބަކީ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބަޔަކު ބުނާތީ، ހަގީގަތުގައި ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ ބެލީއެވެ. މިއީ އެންމެ ވުޒާރާއެއްގައި މަސައްކަތް ހުރި ގޮތެވެ. އަދި ދެން ހުރި ވުޒާރާތަކުން ކުރާ މަސައްކަތްތައް އަދި އޮތީއެވެ. ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެއްބާރުލުން ދިނުން އޮތީ އަހަރެމެން އަތް މަތީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު