Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗު ލީގު ކެންސަލް ކުރުން

ފްރެންޗު ލީގު އަލުން ފަށާނެ ކަމަށް އަދިވެސް އުންމީދު ކުރަން: ލިޔޯންގެ ރައީސް

ފްރެންޗު ލީގު ކެންސަލްކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 13:54
ލިޔޯންގެ ރައީސް ޖިއަން-މިކޭލް އައުލަސް

ލިޔޯންގެ ރައީސް ޖިއަން-މިކޭލް އައުލަސް

ކެންސަލް ކޮށްފައިވާ ފްރެންޗު ލީގު އަލުން ފަށާނެ ކަމަށް އަދިވެސް އުންމީދުކުރާ ކަމަށް ލިޔޯންގެ ރައީސް ޖިއަން-މިކޭލް އައުލަސް ވިދާޅުވެއްޖެ އެވެ.

ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީ އަށް ޗެމްޕިއަންކަން ދޭން ފްރާންސް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެލްއެފްޕީ) އިން ވަނީ ނިންމާފައެވެ.

ފްރެންޗު ލީގު ކެންސަލް ކުރިއިރު، ޔުއެފާ އިން ލީގުތައް ކެންސަލް ކުރަން ހުއްދަ ދިނީ ޔޫރަޕްގެ މަގާމުތަކަށް ޓީމުތައް ކަނޑައެޅުމަށް ޝަރުތުކޮށްފައެވެ. އެހެންކަމުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ އެއްވަނައިގައި އޮތް ޕީއެސްޖީ، ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވާނީ ހަތަރުވަނައިގައި އޮތް ލިލް، ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސް އެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށްފަހު ޔޫރަޕްގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯނަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

ލިޔޯނުން މީގެ ކުރިން ވަނީ އެލްއެފްޕީގެ ނިންމުމާ އެކު ސީޒަން ފުރިހަމަނުކުރެވި ޔޫރަޕްގެ ޖާގައެއް ނުލިބުމުން އެ ޓީމަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމާފައެވެ.

ދާދި ފަހުން ލިޔޯންގެ ރައީސް ޖިއަން-މިކޭލް އައުލަސް ވިދާޅުވީ ފްރެންޗު ލީގު ކެންސަލް ކުރަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި، އެ ނިންމުން ބަދަލުކުރަން ގޮވާލާ ކަމަށެވެ. އަދި އެލްއެފްޕީގެ ނިންމުން ބަދަލުކޮށް، ލީގު އަލުން ފަށާނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ފްރެންޗު ލީގު ކެންސަލް ކުރިއިރު، ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއެންސް އާއި ޓުލޫސް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ. އެހެންކަމުން އަމިއެންސުން އަންނަނީ ޓީމުތައް ރެލިގޭޓް ވުމަށް ނިންމި ނިންމުން ބަދަލުކުރުމަށްވެސް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރެންޗު ލީގު ކެންސަލް ކުރިއިރު، މީގެ ކުރިން ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސް ފުޓްބޯޅަ ލީގު ވަނީ ކެންސަލް ކޮށްފައެވެ. ދެން ލީގުތައް ކެންސަލް ކުރަން މަސައްކަތް ކުރަމުން އަންނަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު