Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން ލީގު އަލުން ފެށުން

ޖަރުމަން ލީގު މިމަހުގެ 16 ވަނަ ދުވަހު ފަށަން ނިންމައިފި

ޖަރުމަން ލީގު މެދުކަނޑާލީ މާޗު މަހު 13 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 12:12
ޖަރުމަން ލީގުގައި ބަޔާން އާއި ލެއިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ބަޔާން އާއި ލެއިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަން ލީގު މިމަހުގެ 16 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ޖަރުމަން ލީގު މިމަހުގެ 16 ވަނަ ދުވަހު ފަށަން ނިންމީ ބުދަ ދުވަހު ޖަރުމަންގެ ޗާންސެލަރ އެންގެލާ މަރކެލް ލީގު އަލުން ފަށަން ހުއްދަ ދެއްވުމާއި ގުޅިގެންނެވެ. އެއާއެކު ބުރާސްފަތި ދުވަހު ޖަރުމަން ފުޓްބޯލް ލީގުން ވަނީ ހުރިހާ ކްލަބަކާއެކު ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ލީގު އަލުން ފަށަން ނިންމާފައެވެ. އެހެންކަމުން ޖަރުމަން ލީގަކީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ލީގުތަކުގެ ތެރެއިން ކުޅުން އަލުން ފަށާނެ އެންމެ ފުރަތަމަ ލީގެވެ.

ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ. ޖަރުމަން ލީގު އަލުން ފަށާ ތާރީޚު އިއުލާނު ކުރައްވަމުން ޖަރުމަން ފުޓްބޯލް ލީގުގެ ރައީސް ކްރިސްޓިއަން ސެއިފާޓް ވިދާޅުވީ މި މަހުގެ 16 ވާ ހޮނިހިރު ދުވަހު ލީގު އަލުން ފަށާއިރު، އެ ދުވަހު ހަ މެޗު ކުޅޭނެ ކަމަށެވެ. އަދި ލީގުގެ ފަހު މެޗު ޖޫން 28ގައި ކުޅޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖަރުމަން ލީގު އަލުން ފަށަން ނިންމިއިރު، މީގެ ކުރިން ޖަރުމަންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އެގޮތުން ދެ ޑިވިޝަނުން 1،724 ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، 10 ކުޅުންތެރިއަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ކޮލޯންގެ ތިން ކުޅުންތެރިއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޅުންތެރިން އައިސޮލޭޝަނަށް ބަދަލުކޮށްފައި ވާއިރު، ކްލަބުތަކުން އަންނަނީ ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ދާދި ފަހުން ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފުވުމުން، ހާތާ ބާލިންގެ ފޯވާޑް ސަލޮމޮން ކަލޫ ވަނީ ސަސްޕެންޑް ކޮށްފައެވެ.

މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ޖަރުމަން ލީގުގެ ކުޅުން މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ އެއްވަނައިގައި 55 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 51 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އާރުބީ ލެއިޕްޒީގް އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

ޖަރުމަން ލީގު އަލުން ފަށަން ނިންމިއިރު، ޖޫން މަހުގެ 12 ވަނަ ދުވަހު ތުރުކީ ލީގު އަލުން ފަށަން މިހާރު ވަނީ ނިންމާފައެވެ. އަދި ޖޫން މަހުގެ 6 ވަނަ ދުވަހު ކްރޮއެޝިއާ ލީގު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު