Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު އަލުން ފެށުން

ޖަރުމަން ލީގު އަލުން ފެށުމުގެ ހުއްދަ ސަރުކާރުން ދީފި

ޖަރުމަން ލީގު މެދުކަނޑާލީ މާޗު މަހު 13 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 މެއި 2020 | ބުދަ 14:34
ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

މެދުކަނޑާލާފައިވާ ޖަރުމަން ލީގު އަލުން ފެށުމުގެ ހުއްދަ ޖަރުމަންގެ ސަރުކާރުން ދީފިއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖަރުމަންގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު، ޖަރުމަން ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި މީހުން އެއްވެ އުޅުމުގައި ކަނޑައެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ.

އެގޮތުން ބުދަ ދުވަހު ޖަރުމަންގެ ޗާންސެލަރ އެންގެލާ މާކެލް ވަނީ މި މަހުގެ 15 އިން ފެށިގެން ކުޅިވަރުތައް އަލުން ފެށުމުގެ ހުއްދަ ދީފައެވެ. އެއާއެކު މި މަހުގެ 15 ދުވަހު ލީގު އަލުން ފަށަން ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖަރުމަން ލީގު ފެށުމުގެ ހުއްދަ ދިންއިރު، މީގެ ކުރިން ޖަރުމަންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އެގޮތުން ދެ ޑިވިޝަނުން 1،724 ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، 10 ކުޅުންތެރިއަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ކޮލޯންގެ ތިން ކުޅުންތެރިއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޅުންތެރިން އައިސޮލޭޝަނަށް ބަދަލުކޮށްފައި ވާއިރު، ކްލަބުތަކުން އަންނަނީ ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ދާދި ފަހުން ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފުވުމުން، ހާތާ ބާލިންގެ ފޯވަރޑް ސަލޮމޮން ކަލޫ ވަނީ ސަސްޕެންޑް ކޮށްފައެވެ.

ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ފުޓްބޯލް ފެޑެރޭޝަނުން އަންނަނީ ޖޫން މަހުގެ 30 ގެ ކުރިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު