Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ކޮމިޓީން ކުރަމުންދާ މަސައްކަތްތައް

އަމިއްލަ ރަށުގައި ދަނޑުވެރިކަން ކުރެވެން ނެތް ފަރާތްތަކަށް ފަޅުރަށްތައް ކުރު މުއްދަތަކަށް ދޫކުރުމަށް ހުށަހަޅައިފި

5 މެއި 2020 | އަންގާރަ 14:55

މި ޙާލަތުގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުމުން އަރައި ގަތުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެލް.ޖީ.އޭގެ މާބޮޑު ދައުރެއް މިހާތަނަށް ނެތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 މެއި 2020 | އަންގާރަ 14:55
ރަށެއްގައި ހައްދާފައިވާ ކަރާ ދަނޑެއް

ރަށެއްގައި ހައްދާފައިވާ ކަރާ ދަނޑެއް

ބިމުގެ ދަތިކަމުގެ ސަބަބުން އަމިއްލަ ރަށުގައި ދަނޑުވެރިކަން ކުރެވެން ނެތް ފަރާތްތަކަށް، އެކަކަށްވުރެ ގިނަ މީހުންނަށް ދަނޑުވެރިކަން ކުރެވޭގޮތަށް ފަޅުރަށްތައް ކުރު މުއްދަތަކަށް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ހުށަހަޅައިފި އެވެ.

އެކޮމިޓީން މިގޮތަށް ހުށަހަޅާފައިވަނީ ކޮވިޑް -19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާ ތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އެކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު ހުށަހެޅި ރިޕޯޓްގަ އެވެ. މިރިޕޯޓް އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެއީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 54 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ކޮމިޓީން ދިރާސާކުރުމަށްފަހު ސަރުކާރުން ކާނާގެ ޔަޤީންކަން އިތުރު ކުރުމުގެ ގޮތުން ދަނޑުވެރިންނާ ގުޅިގެން އެސްޓީއޯއިން ފަށާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ކަންތައްތަކެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވާ ކަންކަމަކީ:

- މީހުން ދިރިއުޅޭ ގޭގޭގައިވާ ހުސް ޖާގާއިގައި ކާނާ ލިބޭ ދަނޑުވެރި ކަންކުރުމަށް ބާރު އެޅުމުގެގޮތުން ކުޑަ ޖާގައެއްގައި ކުރެވިދާނެ ދަނޑުވެރި ކަމާގުޅޭ މަޢުލޫމާތު އެލް.ޖީ.އޭ މެދުވެރިވެގެން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުން

- ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް އެރަށަކުން ލިބެންހުރި ބިމުގެ ސަރަޙައްދުގެ ތަފާސް ހިސާބެއް ކައުންސިލްތަކުން ހަދައި އެލް.ޖީ.އޭއާއި ހިއްސާކޮށް، ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުން

- ކާބޯތަކެތީގެ ރައްކާތެރިކަމަށް އިސްކަންދީގެން ދިވެހި އުފެއްދުންތަކާއި، ހުނަރުވެރިކަން، އިތުރުކުރުމަށްޓަކައި އެލް.ޖީ.އޭ މެދުވެރިކޮށް ތަމްރީނުތަކެއް ކުރިއަށް ގެންދިޔުން

- ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ބޭނުންކުރަނީ ދަނޑުވެރި ކަމަށްކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ ރަށްތަކުގެ ސާރވޭއެއް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ހަދައި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުންނުދާ ނަމަ އެރަށްތަކުގެ އެއްބަސްވުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބާތިލުކުރުން

- ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ދިވެހިންނަށް މަސައްކަތުގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހި ކޮށްދިނުން ކަމުގައިވާތީ، ދަނޑުވެރިކަމަށް ދޫކުރާ ބިންތަކާއި ރަށްތަކުގައި އެ މަސައްކަތް ކުރަނީ ދިވެހިންކަން ކައުންސިލްތައް މެދުވެރިކޮށް ޔަޤީންކުރުން

މިކަންކަން ދިރާސާކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ކޮމިޓީން ވަނީ ބައްދަލުކޮށްފަ އެވެ. އެގޮތުން ބައްދަލުކޮށް ކުރެވުނު މަޝްވަރާގެ ތެރޭގައި ފާހަގަވެފައިވާ ކަންކަމުގެ ތެރޭގައި ދިމާވެފައިވާ މި ޙާލަތުގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުމުން އަރައި ގަތުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެލް.ޖީ.އޭގެ މާބޮޑު ދައުރެއް މިހާތަނަށް ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކި އެކި ފަރާތްތަކުން ދަނޑުބިންތައް ހޯދުމަށް އެދި ހުށަހަޅަމުންދާކަމާއި، އަދި މިފަދަ ކަންކަމަށް އިސްކަންދީގެން ޕްލޭނެއްގެ ދަށުން މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ރަށްރަށުގައި ހުރި ދަނޑުބިންތަކުގެ ތަފާސްހިސާބެއް ނެގުމުގެ ކަންކަން އެލް.ޖީ.އޭއިން ފަށާފައިވާކަމާއި އެކަން ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މި ޙާލަތާ ގުޅިގެން ހުއްޓިފައިވާކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް